ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ހާއްސަ ޖަލްސާއެއް މާދަމާވެސް ބާއްވަން ނިންމާފައިވާކަން މަޖިލީހުގެ އިދާރާއިން ހާމަކޮށްފި އެވެ.
އެގޮތުން މީޑިއާތަކަށް ފޮނުވާފައިވާ މައުލޫމާތުގައި ބުނެފައިވަނީ ދައުރުން ބޭރުގައި ބާއްވާ މަޖިލީހުގެ ހާއްސަ ޖަލްސާއެއް އޮންނާނެ ކަމަށާއި އެ ޖަލްސާގެ އެޖެންޑާ އަޕްލޯޑް ކުރުމަށްފަހު ދަންނަވާނެ ކަމުގައި މަޖިލީހުގެ ރައީސް ވިދާޅުވި ކަމަށެވެ.
މާދަމާގެ ޖަލްސާގެ އެޖެންޑާ އަދި އިއުލާނު ކޮށްފައިނުވާއިރު މިއަދުވެސް ދައުރުން ބޭރުގެ ޖަލްސާއެއް ބާއްވާފައި ވެ އެވެ. މިއަދުގެ ޖަލްސާގައި އޮތީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރި ގަރާރަށް ރުހުން ދިނުމާއި ރައީސްގެ ހާއްސަ މައްސަލައަކާއިމެދު ގޮތެއް ނިންމުމެވެ.
އެ ހާއްސަ މައްސަލައަކީ މިހާރު އިއުލާނު ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް 30 ދުވަހަށް ދިގު ދަންމާލުމެވެ.
މިއަދުގެ ޖަލްސާ ނިންމާލާފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރި ގަރާރާއި ރައީސްގެ ހާއްސަ މައްސަލަ މަޖިލީހުގެ ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީއަށް ފޮނުވާލައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް