ވެލި ބަރުކޮށްގެން ދިޔަ ދޯންޏެއް އަޑިއަށް ގޮސްފި އެވެ.
ފުލުހުން ބުނީ ރ. ރަސްގެތީމަށް ދިޔަ އެ ދޯނި ދިޔަވެ އަޑިއަށް ދާކަމުގެ މައުލޫމާތު ފުލުހުންނަށް ދިނީ ހެނދުނު11:45 ހާއިރު ކަމަށެވެ. އެ ދޯނި އަޑިއަށް ދިޔަ ސަރަހައްދެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ފުލުހުން ބުނީ ދޯނިން ދަތުރު ކުރީ ހަތަރު މީހުން ކަމަށެވެ. އެއީ ދެ ދިވެހިންނާއި ދެ ބިދޭސީން ކަމަށެވެ.
ފުލުހުންގެ އެހީތެރިކަމާއި އެކު އެމީހުން ވަނީ ރަސްގެތީމަސް ގެންގޮސްފައި އެވެ.
ފުލުހުން ދަނީ މިހާދިސާ އިތުރަށް ބަލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް