ރާއްޖެއިން ނައްތާލެވިފައިވާކަން އިއުލާނުކޮށްފައިވާ ހިމަބިހި ފެތުރޭތީ އެ ބައްޔާ ދެކޮޅަށް ވެކްސިން ދޭން ފެށުމުން އެ ވެކްސިން ޑޯޒް ހަމަނުވާ ކުދިން ގިނަކަން ފާހަގަވެއްޖެ އެވެ.
ހެލްތް މިނިސްޓްރީން މާލޭގައި ވެކްސިން ޖަހައިދިނުން ކުރިޔަށް ގެންދަނީ ދަމަނަވެށީގައި އެވެ. އަމިއްލަ ހޮސްޕިޓަލްތަކުގައިވެސް މީސަލްސް ވެކްސިން ޖަހައިދެ އެވެ. އިއްޔެ އެ މިނިސްޓްރީން ވަނީ މީސަލްސް ވެކްސިން ޖެހުމަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހާއްސަ މަރުކަޒެއް ހުޅުވާފައި އެވެ.
ދަމަނަވެށިން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން މިމަހުގެ12 އިން އިއްޔެ ނިޔަލަށް410 ކުދިން މީސަލްސް ވެކްސިން ޖަހާފައިވެ އެވެ. އޭގެ ތެރެއިން289 ކުދިންނަކީ ވެކްސިން ޑޯޒް ފުރިހަމަ ނުކުރާ ކުދިންނެވެ.
https://twitter.com/DhamanaVeshi/status/1218519291412135937
https://twitter.com/DhamanaVeshi/status/1218889687114354689
ދަމަނަވެށިން އާންމުކޮށްފައިވަނީ ވެކްސިން ޖެހި މީހުންގެ ތެރެއިން18 އަހަރު ނުފުރޭ ކުދިންގެ މައުލޫމާތެވެ. މައުލޫމާތުތަކަށް ބަލާއިރު ވެކްސިން ޖެހުމަށް ހެލްތް މިނިސްޓްރީން އިލްތިމާސް ކުރި ފަހުން އެންމެ ގިނައިން ކުދިން ވެކްސިން ޖަހަން ގޮސްފައިވަނީ މިމަހުގެ14 ވަނަ ދުވަހު އެވެ. އެ ދުވަހު121 ކުއްޖަކަށް ވެކްސިން ދީފައިވާއިރު އޭގެ ތެރެއިން69 ކުދިންނަކީ ވެކްސިން ޑޯޒު ހަމަނުކުރާ ކުދިންނެވެ.
މާލޭގައި ވެކްސިން ޑޯޒު ހަމަނުކުރާ ކުދިން އަތޮޅުތެރޭގައި ދިރިއުޅޭ ކުދިންނަށްވުރެ ގިނަ ވާނެ އެވެ. އެއީ މާލޭގައި އެއީ އަމިއްލައަށް ފެނިގެން ގޮސް ކުރަންޖެހޭ ކަމަކަށް ވާތީ އެވެ. ރަށްރަށުގެ ސިއްހީ މަރުކަޒުތަކުން ވެކްސިން ޖެހުން ކޮންމެ މަހެއްގެ ވަކި ތާރީހެއް ކަނޑައަޅައިގެން ކުރިޔަށް ގެންދާއިރު ވެކްސިން ޖަހަން ނުދާކުދިން ބަލައި ވެކްސިން ޖެހުމަށް ބާރު އަޅާ އެކަން ކުރުވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް