ވުހާން ވައިރަސް އާ ގުޅިގެން ރާއްޖޭންވެސް ތައްޔާރުވާން ފަށައިފި

ޗައިނާ އިން ދާދި ފަހުން ފެނުނު އާ ވައިރަސް، ވުހާން ވައިރަސް ރާއްޖޭގައިވެސް ފެތުރިދާނެ ކަމަށް ތައްޔާރުވަމުން އަންނަ ކަމަށް އެޗްޕީއޭ އިން މިއަދު ބުނެފި އެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ އެޕިޑެމިއޮލޮޖ...

20 Jan 2020 | 10:26

ޗައިނާ އިން ދާދި ފަހުން ފެނުނު އާ ވައިރަސް، ވުހާން ވައިރަސް ރާއްޖޭގައިވެސް ފެތުރިދާނެ ކަމަށް ތައްޔާރުވަމުން އަންނަ ކަމަށް އެޗްޕީއޭ އިން މިއަދު ބުނެފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ޗައިނާގައި ފެތުރެމުންދާ ވައިރަސް ރާއްޖޭގައި ފެތުރިދާނެ ކަމަށް، އެއާޕޯޓާއި ކަމާ ގުޅުންހުރި އިދާރާތަކާއެކު ބައްދަލުކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ.

އެހެންނަމަވެސް، އެއީ އާ ވައިރަސް އެއް ކަމުން ރާއްޖެ އަންނަ ފަތުރުވެރިން ސްކްރީން ކުރެވޭނެ ގޮތެއް އަދި ހަމަޖެހިފައި ނެތް ކަން ޑރ. އަފްޒަލް ފާހަގަކުރެއްވި އެވެ.

ޗައިނާ އަކީ ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމެވެ. މިފަހަކަށް އައިސް ކޮންމެ އަހަރަކުވެސް ރާއްޖެ އަންނަ ފަތުރުވެރިންގެ އެންމެ ބޮޑު ހިއްސާއެއް އަދާކުރަނީ އެ ގައުމުންނެވެ.

ނުރައްކާތެރި "ސާސް" ވައިރަސް އާ އެއްގޮތް ސިފަތަކެއް ހުންނަ ވުހާން ސިޓީން ފެނުނު ވައިރަސް ޖެހުނު މީހުންގެ ރަސްމީ އަދަދު މިހާރު 200 އަށް އަރާފައިވާއިރު، ނޭވާލާ ނިޒާމަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ތިން މީހަކު މިހާތަނަށް ވަނީ މަރުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް