ފޮރިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓްރީއަކަށް އައިމިނަތު ޝިފާނާ އައްޔަން ކޮށްފި އެވެ..
އޭނާ އެ މަގާމަށް އައްޔަން ކުރީ މިއަދު ހެނދުނު ފޮރިން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ފޮރިން މިނިސްޓްރީގެ ޕީއެސްގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި، އާމިނަތު އަބްދުﷲ ދީދީ އިންޑިއާގެ ޓްރިވެންޑްރަމްގެ ކޮންސުލް ޖެނެރަލަކަށް އައްޔަން ކުރެއްވުމުންނެވެ.
ފޮރިން މިނިސްޓްރީ ޕީއެސް އަކު ނެތި ހިނގާތާ މިހާރު ތިން މަހާއި ދުވަސްކޮޅެއް ވެއްޖެއެވެ.
ސިފާނާ މީގެ ކުރިން ހުންނެވީ ޖެންޑަރ މިނިސްޓްރީގެ ޕީއެސްގެ މަގާމުގައެވެ. ޝިފާނާ ވަނީ މީގެ ކުރިން 11 އަހަރު ވަންދެން ފޮރިން މިނިސްޓްރީގައި މަސައްކަތް ކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް