އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން ބުނީ އީސީގެ މެންބަރު ކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލީ އަންނަ މާޗު މަހުގެ23 ވަނަ ދުވަހަށް އެ ކޮމިޝަނުގެ މެންބަރެއްގެ ދައުރު ހަމަވާތީ ކަމަށެވެ. އެއީ އެކޮމިޝަނުގެ ނައިބު ރައީސް އަހުމަދު އަކްރަމެވެ.
ރައީސް އޮފީހުން ބުނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިއަދުން ފެށިގެން މިމަހުގެ27 ގެ ނިޔަލަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެ މަގާމަށް ކުރިމަތިލުމުގެ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުންނާއި ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް