ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ އެ ޕާޓީގެ އެތެރޭގެ ޕްރައިމަރީގައި 90000 އަށް ވުރެ ގިނަ މީހުންނަށް ވޯޓް ލެވޭ ކަން ވޯޓާރސް ފައިނަލް ލިސްޓުން ދައްކައިފިއެވެ.
ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން މިއަދު ބުނީ ފައިނަލް ވޯޓާރސް ލިސްޓް އާއި ދޭތެރޭ އަދިވެސް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ދެ ދުވަހުގެ މުއްދަތެއް ހުޅުވާލާފައިވާ ކަމަށެވެ.
ލިބޭ ޝަކުވާތަކަށް ބިނާކޮށް ވޯޓާސް ލިސްޓު އިސްލާހު ކުރާއިރު އެ އަދަދަށް އަދި ކުޑަ ބަދަލެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.
އެމްޑީޕީން އާންމު ކުރި ވޯޓާސް ލިސްޓުގައިވާ ގޮތުން މާލެ ސިޓީގެ ވޯޓާސް ލިސްޓުގައި 13108 މީހުންގެ ނަން އޮތްއިރު، އައްޑޫ ސިޓީގެ ލިސްޓުގައި ވަނީ 12،096 މީހުންގެ ނަމެވެ. ފުވައްމުލައް ސިޓީގެ ވޯޓާސް ލިސްޓުގައި 3،959 މީހުންގެ ނަން އޮތްއިރު ޕްރައިމަރީގައި ވޯޓު ދެވޭއިރު ކުޅުދުއްފުށި ސިޓީގެ ލިސްޓުގައި ވަނީ 1،228 މީހުންނެވެ.
އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި 983 ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް