ޕީއެންސީ އާއި ޕީޕީއެމް ކެންޑިޑޭޓުން އިންތިހާބުގައި ވާދަ ކުރާނީ ޕީޕީއެމް ޓިކެޓުގައި

ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕީޕީއެމް އާއި ޕީއެންސީގެ ފަރާތުން ވާދަކުރާނީ ހަމައެކަނި ޕީޕީއެމް ޓިކެޓުގައި ކަމަށް އެ ޕާޓީން ބުނެފި އެވެ. ކައުންސިލް އިންތިހާބުގެ ޕީޕީއެމް ޕްރައިމަ...

20 Jan 2020 | 07:19

ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕީޕީއެމް އާއި ޕީއެންސީގެ ފަރާތުން ވާދަކުރާނީ ހަމައެކަނި ޕީޕީއެމް ޓިކެޓުގައި ކަމަށް އެ ޕާޓީން ބުނެފި އެވެ.

ކައުންސިލް އިންތިހާބުގެ ޕީޕީއެމް ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތް ވަނަ ދުވަހު އެވެ. ދެވަނަ ބުރެއް ބާއްވަން ޖެހޭނަމަ އަންނަ މަހުގެ 10 ވަނަ ދުވަހު އެވެ. އެ ޕާޓީގެ ޓިކެޓުގައި ވާދަ ކުރަން ބޭނުންވާ ފަރާތްތަކުން މިމަހުގެ24 ގެ ކުރިން އެކަމަށް އެދި ފޯމު ހުށަހަޅަން ޖެހެ އެވެ.

ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަނުން ނިންމާފައިވަނީ ލޯކަލް ކައުންސިލް އިންތިހާބުގައި އެ ދެ ޕާޓީގެ ބޭފުޅުން ޕީޕީއެމްގެ ޓިކެޓްގައި އިންތިހާބުގައި ވާދަކުރާގޮތަށެވެ. އެގޮތަށް ނިންމި ސަބަބެއް ހާމައެއް ނުކުރައްވަ އެވެ.

ހީނާ ވިދާޅުވީ މިހާރު ޕާޓީގެ ދަފްތަރުގައި ތިބި ކެންޑިޑޭޓުންނަށް ވޯޓާސް ލިސްޓް ދޭން ފަށާފައިވާ ކަމަށެވެ. އަދި ދާއިމީ ލިސްޓު މިމަހުގެ 26 ގެ ކުރިން ދޭނެ ކަމަށެވެ.

ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ މި މަހުގެ 22ވަނަ ދުވަހުގެ ރޭ 10:00 އެވެ.

ޕީޕީއެމްއިން ބުނީ މިހާތަނަށް އެޕާޓީގެ ޓިކެޓުގައި ވާދަ ކުރުމަށް700 އަށްވުރެ ގިނަ ފޯމް ހުށަހަޅާފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް