ނައިބް ރައީސް، އަލްޖެރީ ހޯލްޑިން ގްރޫޕްގެ ސީއީއޯއާ ބައްދަލުކުރައްވައިފި

ނައިބް ރައީސް ފައިސަލް ނަސީމް އަލްޖެރީ ހޯލްޑިންގް ގްރޫޕްގެ ދައުވަތަކަށް ކުވެއިތަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ފައުންޑޭޝަންގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވައިފިއެވެ. ރައީ...

20 Jan 2020 | 07:14

ނައިބް ރައީސް ފައިސަލް ނަސީމް އަލްޖެރީ ހޯލްޑިންގް ގްރޫޕްގެ ދައުވަތަކަށް ކުވެއިތަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ފައުންޑޭޝަންގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ނައިބް ރައީސް ކުވެއިތުގެ ޖަމިއްޔާތަކާއެކު އިއްޔެ ބޭއްވެވި ބައްދަލުކުރެއްވުމުގައި ޓީޗަރުން ތަމްރީންކުރުމުގެ ޕްރޮގްރާމްގެ އިތުރުން ޤުރުއާން އަދި އަރަބި ކިޔަވައިދޭ މުދައްރިސުން ހޯދުމާއި، ދީނީ އެއްބައިވަންތަކަމަށް އެހީތެރިކަން ފޯރުކޮށްދެވޭނެ އެކި ގޮތްތަކާއި ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވި ކަމަށެވެ.

ނައިބް ރައީސްގެ މިދަތުރުފުޅުގައި އަލްޖެރީ ހޯލްޑިންގް ގްރޫޕްގެ ފަރާތުން ވަނީ ރާއްޖޭގެ ސްކޫލްތަކަށް 40،000 ފޮތް ހަދިޔާކުރައްވާފަ އެވެ.

ނައިބް ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހްމަދު ޒާހިރާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒާ އޮން ސޯޝަލް ޕޮލިސީ، ޑރ. މުސްޠަފާ ލުތުފީ ބައިވެރިވެވަޑައިގަންނަވަ އެވެ.

އެމަނިކުފާނު ވަނީ އަލްޖެރީ ހޯލްޑިންގް ގްރޫޕްގެ ދަށުން ހިންގާ 20 ސްކޫލްގެ ތެރެއިން ކުވެއިތުގައި ހުންނަ އަޖިއަލް ބައިލިންގުއަލް ސްކޫލަށާއި، އެމެރިކަން ޖާމަން ސްކޫލަށް ޒިޔާރަތްކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް