ގއ. އަތޮޅު ކައުންސިލަރުން އުސޫލާ ހިލާފަށް މުސާރައާއި އިނާޔަތް ނެގި: އޮޑިޓް

ގއ. އަތޮޅު ކައުންސިލަރުން ސަލާމުގެ ޗުއްޓީއާއި އާއިލީ ޒިންމާގެ ޗުއްޓީގައި ހުރި ސަބަބު ބަޔާންކުރާ ފޯމު ހުށަހަޅާފައި ނުވާ ދުވަސްތަކަށް މުސާރައާއި އެލަވަންސް ނަގާފައިވާ ކަން ގއ. އަތޮޅު ކައުންސިލް އިދާރާގެ...

20 Jan 2020 | 07:04

ގއ. އަތޮޅު ކައުންސިލަރުން ސަލާމުގެ ޗުއްޓީއާއި އާއިލީ ޒިންމާގެ ޗުއްޓީގައި ހުރި ސަބަބު ބަޔާންކުރާ ފޯމު ހުށަހަޅާފައި ނުވާ ދުވަސްތަކަށް މުސާރައާއި އެލަވަންސް ނަގާފައިވާ ކަން ގއ. އަތޮޅު ކައުންސިލް އިދާރާގެ 2018 ވަނަ އަހަރުގެ މާލީ އޮޑިޓް  ރިޕޯޓުން ދައްކައިފިއެވެ.

އޮޑިޓާ ޖެނަރަލް ހަސަން ޒިޔަތު ސޮއިކުރައްވާފައިވާ މި ރިޕޯޓްގައި ބުނެފައިވަނީ ކައުންސިލަރުންގެ ޗުއްޓީގެ އުސޫލުގެ 14 ވަނަ ނަންބަރުގެ (ށ)ގައި ކައުންސިލަރަކު ސަލާމުގެ ޗުއްޓީގައި ނުވަތަ އާއިލީ ޒިންމާގެ ޗުއްޓީގައި ހުރުމަށްފަހު މަސައްކަތަށް ނިކުމެ އެ ކައުންސިލަރު ސަލާމުގެ ޗުއްޓީގައި ހުރި ސަބަބު ބަޔާންކޮށް ފޯމު ހުށަހަޅަން ޖެހޭ ކަަމަށް ބުނެފައިވާ ކަމަށެވެ.

މިމައްސަލަ އިސްލާހުކުރުމަށް ބައެއް ކަހަލަ ފިޔަވަޅުތައް އެޅުމަށްވެސް އޮޑިޓާ ޖެނަރަލް ވަނީ ލަފާ ދެއްވާފަ އެވެ.

ލާމަރުކަޒީ ގާނޫނުގައިވާ ގޮތަށް ހަފްތާ އަކު އެއް ފަހަރު ބާއްވަންޖެހޭ ކައުންސިލްގެ ބައްދަލުވުން ގއ. އަތޮޅު ކައުންސިލުން ބާއްވާފައި ނުވާ ކަންވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެެ. އެގޮތުން 2018 ވަނަ އަހަރު ކައުންސިލް މެންބަރުން ސަސްޕެންޑް ކުރުމުގެ ސަބަބުން 52 ބައްދަލުވުން ބާއްވަން އުޒުރުވެރިވި ކަމަށްވެސް ރިޕޯޓްގައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް