ޔާމިނާއި ބައްދަލުކުރެއްވުމަށް އަނބިކަބަލުން އެދިވަޑައިގަތުމުން ބުނީ ކައިވެނީގެ ސެޓްފިކެޓް ދައްކަން

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ބައްދަލުކުރެއްވުމަށް އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ހުށަހެޅުއްވުމުން ކައިވެނީގެ ސެޓްފިކެޓްގެ ގެންނަން އެންގި ކަމަށް މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރ...

20 Jan 2020 | 06:55

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ބައްދަލުކުރެއްވުމަށް އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ހުށަހެޅުއްވުމުން ކައިވެނީގެ ސެޓްފިކެޓްގެ ގެންނަން އެންގި ކަމަށް މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ، އިދިކޮޅު ފަރާތްތަކުން ރޭގެ ބޭއްވި ޖަލްސާއެއްގައި ވާހަަކަދައްކަވަމުން ސައީދު ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ބަހައްޓައިގެން މިސަރުކާރުން އެމަނިކުފާނަށް ކުދި އަނިޔާ ދެމުންދާ  ކަމަށެވެ.

ޖަލުގައި ރައީސް ޔާމީނަށް ލިބިވަޑައިގަންނަވަންޖެހޭ އަސާސީ އެތައް ޚިދުމަތަކުން އެމަނިކުފާނު މަހުރޫމުކޮށްފައިވާ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

ސައީދު ދެއްކެވި ވާހަކަތަކާއި ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ ޖަލުގައި ހުކުމް ތަންފީޒުކުރާ މީހަކާއި ބައްދަލުކުރުމަށް އެމީހާގެ އަންހެނުން ކަމަށް ބުނެ އެއްވެސް ފަރާތަކުން ހުށަހަޅައިފިނަމަ ކައިވެނީގެ ސެޓްފިކެޓްގެ ކޮޕީއެއް ހުށަހަޅަންޖެހޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް