ނޭހާ އާއި އަދިތިޔާގެ ގުޅުމުގެ ހަގީގަތް އެނގޭގޮތެއް ނުވޭ!

ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ އަދިތިޔާ ނަރަޔަން އާއި ނޭހާ ކައްކަރުގެ ކައިވެންޏަކީ ހަގީގަތެއް ކަމެއް ސަޕޯޓަރުންނާއި ނޫސްވެރިންނަށް ސާފުވާގޮތެއް ނުވި އެވެ. މި ދެމީހުން ލޯބީގެ ގޮތުން ގުޅި...

20 Jan 2020 | 06:52

ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ އަދިތިޔާ ނަރަޔަން އާއި ނޭހާ ކައްކަރުގެ ކައިވެންޏަކީ ހަގީގަތެއް ކަމެއް ސަޕޯޓަރުންނާއި ނޫސްވެރިންނަށް ސާފުވާގޮތެއް ނުވި އެވެ.

މި ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ސޮނީ ޓީވީން ދައްކާ އިންޑިއަން އައިޑޮލްގެ އެޕިސޯޑަކުން ވަނީ ހާމަވެގެން ގޮސްފައި އެވެ. އެ އެޕިސޯޑުގައި ދެފަރާތުގެ މައިންބަފައިން ވަނީ އެ ކައިވެންޏަށް ގަބޫލު ކަމަށް ބުނެ ފައެވެ. ކައިވެނި ކުރާ ތާރީހުވެސް ސޮނީގެ ފަރާތުން އިއުލާޏު ކުރިއެވެ.

އެއްބަޔަކު އެއީ ހަގީގަތް ކަމަށް ގަބޫލު ކުރިޔަސް ބައެއް މީހުން ގަބޫލު ކުރާގޮތުގައި ޝޯއެއްގެ ތެރޭގައި ނެގި މަޖާގަނޑަކަށްވާތީ އެއީ ހަގީގަތަށްވެސް ނުވެދާނެ އެވެ.

ނޭހާ އާއި އަދިތިޔާގެ ގުޅުމާ ދޭތެރޭ ދެކޭގޮތް ހޯދުމަށް އެ ޝޯގެ ފަހުން ހަފްލާއެއްގެ ތެރޭގައި ނޫސްވެރިން ސުވާލު ކުރުމުން އަދިތިޔާގެ ބައްޕަ ލަވަކިޔުންތެރިޔާ އުދިތް ނަރަޔަން ބުނެފައިވަނީ ނޭހާ އަކީ ލަވަކިޔުމުގެ ދާއިރާއިން މިއަދު އެހުރި މަގާމަށް އަމިއްލަ މަސައްކަތުން އައިސްފަ ހުރި ކުއްޖެއް ކަމަށެވެ. އަދި އޭނާ ވަރަށް ގިނައިން ނޭހާގެ ލަވަތައް އަޑު އަހާކަމަށް ބުންޏެވެ.

އުދިތް ބުނެފައިވާ ގޮތުގައި އެހާ މޮޅު ލަވަކިޔުންތެރިއަކު ހުސް ލަވަކިޔުންތެރިން ތިބި އާއިލާ އާއި ގުޅުމަކީ ވަރަށް އުފާވާނެ ކަމެއް ކަމަށެވެ. އެކަމަކު އެ ދެމީހުންގެ ގުޅުމާއި ގުޅޭގޮތުން ރަސްމީކޮށް އަދި އެއްޗެއް ބުނެވޭވަރަށް މައުލޫމާތު ލިބިފައި ނުވާކަމަށް އުދިތް ބުންޏެވެ.

އެހެންވެ އިންޑިއަން އައިޑޮލްގެ އެޕިސޯޑުގައި ފެނިގެން އެ ދިޔަ ކަންކަމުގެ ހަގީގަތް އަދިވެސް އެނގޭވަރެއް ނުވެ އެވެ. އެ ދުވަހު އިއުލާނު ކުރި ގޮތުން ނަމަ އަންނަ މަހުގެ14 ވަނަ ދުވަހު އެމީހުންގެ ކައިވެނި އޮންނާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް