ސީއެސްސީގެ މަސައްކަތްތައް ލަސްވާތީ ކަންބޮަޑުވޭ: ޝާހިދު

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ސްޕީޑް ލަސްވެ، މިނިސްޓްރީގެ މަސައްކަތްތަކަށް އޭގެ އަސަރު ފޯރާ ކަމަށް ވިދާޅުވެ ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ. ފޮރިން މިނިސްޓްރ...

20 Jan 2020 | 06:46

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ސްޕީޑް ލަސްވެ، މިނިސްޓްރީގެ މަސައްކަތްތަކަށް އޭގެ އަސަރު ފޯރާ ކަމަށް ވިދާޅުވެ ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީއަށް އާ ޕާމަނަންޓް ސެކްރެޓަރީއަކު ހަމަޖައްސަން މިއަދު އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ، ސީއެސްސީން ކޮށްދޭންޖެހޭ ކަންކަން ފުރިހަމަ ނުވެ ލަސްވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި އޭގެ ސަބަބުން މިނިސްޓްރީގެ ޕީއެސްއަކު ނެތި ތިން މަހާއި 12 ދުވަސް ވެފައިވާ ކަމަށެވެ.

ޝާހިދު ވިދާޅުވީ، ސީއެސްސީ ވާންޖެހޭނީ ނަމޫނާއަކަށް ކަމަށާއި އަދި އެއީ ސިވިލް ސާވިސް މުވައްޒަފުންނަށް ނަމޫނާ ދައްކާ ބަޔަކަށް ވާން ޖެހޭނެ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ކޮމިޝަންގެ ރައީސާއި މެމްބަރުން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް