ގަވައިދާއި ހިލާފަށް ފަޅުތެރޭގައި އަޅާފައި ހުރި އުޅަނދުތައް ނަގަނީ

މާލެ އަދި ވިލިމާލެ ފަޅުތެރޭގައި ގަވައިދާ ހިލާފަށް އަޅާފައި ހުރި އަދި ގިނަ ދުވަސްތަކެއް ވަންދެން ބޭނުންނުކޮށް ހުރި ދޯނިފަހަރުތައް ނެގުމުގެ މަސައްކަތް ފުލުހުންނާއި ސިޓީ ކައުނސިލް ގުޅިގެން ފަށައިފިއެވެ. ...

20 Jan 2020 | 05:01

މާލެ އަދި ވިލިމާލެ ފަޅުތެރޭގައި ގަވައިދާ ހިލާފަށް އަޅާފައި ހުރި އަދި ގިނަ ދުވަސްތަކެއް ވަންދެން ބޭނުންނުކޮށް ހުރި ދޯނިފަހަރުތައް ނެގުމުގެ މަސައްކަތް ފުލުހުންނާއި ސިޓީ ކައުނސިލް ގުޅިގެން ފަށައިފިއެވެ.

މީޑިއަަތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، ދަތުރު ނުކޮށް ގިނަ ދުވަސްވެފައިހުރި އަދި ގަަވާއިދާއި ހިލާފަށް އަޅާފައިހުރި ދޯނިތައް ނެގުމަށް ނިންމީ ފުލުހުންނާއި ސިޓީ ކައުންސިލާއި ސަރުކާރާ މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.

ދޯނިތައް ނެގުމުގެ މަސައްކަތް ފެށީ މިއަދު ހެނދުނު މާލެ މަސްމާރުކޭޓް ސަރަހައްދުން ކަަމަށްވެސް ފުލުހުން ބުންޏެވެ.

ދޯނިތައް ނެގުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު، އެ ސަރަހައްދުތަކުގައި ހުރި ދޯނިތައް ބަލައި ފާސްކޮށް ގަވާއިދާއި ހިލާފަށް ހުރި އުޅަނދުތައް ނަގާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް