ގއ. މާމެންދޫ ދެކުނު ފަރާތު ގޮނޑުދޮށަށް ގޮތް ނޭނގޭ ޕާރްސަލްތަކެއް ލައްގައިފި އެވެ.
ފުލުހުންގެ މީޑިއާއިން ބުނީ އެކަމުގެ ރިޕޯޓު ކުރީ މިއަދު ހެނދުނު6:35 އެހާއިރު ކަމަށެވެ. ފުލުހުން ބުނީ ގޮސް ބެލި އިރު44 ޕާރުސަލް ލައްގާފައިވާ ކަމަށެވެ.
އެތަކެތި މިހާރު ފުލުހުން ވަނީ ކަނޑާފައި އެވެ. އަދި އޭގައި ހުރީ ކޮން އެއްޗެއްތޯ ދަނީ ޓެސްޓު ކުރަމުންނެވެ.
ފުލުހުން އާންމުކޮށްފައިވާ ފޮޓޯއިން ފެންނަ ގޮތުގައި އޭގައި ހުރީ ވެލިފާޑުގެ ކުނި ގޮތައް ހުރި އެއްޗެކެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް