ސްމާޓް ފޯނު އުފެއްދުމުގައި އެޕަލް އާއި ސޭމްސަންގާއި ވާދަކުރަމުން އަންނަ ވާވޭ ކުންފުނިން މިހާރު ނެރެން ތައްޔާރުވަމުން އަންނަ Huawei P40 Pro ގައި ޖުމްލަ ހަތް ކެމެރާ ހިމެނޭނެ ކަމުގައި ބެލެވިއްޖެއެވެ.
އެއީ ފޯނުގެ "ފްރަންޓް"ގައި ދެ ކެމެރާ އަދި "ރިއަރ" ގައި ފަސް ކެމެރާއެވެ.
މިކަން މިގޮތަށް ދައްކުވައިދޭ "ރެންޑަރ"ތަކެއް އާންމުކޮށްފައިވަނީ ވާވޭ ފޯނުތަކުގެ މައުލޫމާތު ދުރާލާ އަބަދުވެސް ލީކު ކުރަމން އަންނަ ޓްވިޓާ ހޭންޑަލް @evleaks އިންނެވެ.
ބެލެވޭގޮތުގައި "ރިއަރ"އަށް ގެނެސްފައިވާ ފަސް ލެންސްގެ ސެޓަޕްގައި ހިމެނޭ އެއް ލެންސަކީ "ޕެރިސްކޯޕް" ލެންސެކެވެ. މި ލެންސާއެކު ކެމެރާގެ ޒޫމް "ކެޕޭބިލިޓީ" 13 ގުނަ އިތުރުވާނެ ކަމަށް ބެލެވެއެވެ.
ވާވޭ ކުންފުނިން ހާމަކޮށްފައިވާގޮތުގައި P40 ލޯންޗު ކުރާނީ ޕެރިސްގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި މި އަހަރުގެ މާރިޗްމަހުގެ ތެރޭގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް