މަރުވެފައިވާ މީހެއްގެ ހަށިގަނޑު ހަލާކުނުވާނެފަދަ ޕްރޮސީޖަރއެއް ރާއްޖޭގައި ހެދި ފުރަތަމަ ހޮސްޕިޓަލަކަށް ޓްރީޓޮޕް

ރާއްޖޭގައި އެންމެ ފުރަތަމަ ފަހަރަށް އެމްބާމިންގް ޕްރޮސީޖަރ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ކާމިޔާބީއާއެކު ކޮށްފިއެވެ. މިޕްރޮސީޖަރ ކޮށްފައިވަނީ ޖަނަވަރީ 19، 2020އެވެ. އެމްބާމިންގްއަކީ މަރުވުމަށްފަހު، ބޭރަށް ފ...

20 Jan 2020 | 03:06

ރާއްޖޭގައި އެންމެ ފުރަތަމަ ފަހަރަށް އެމްބާމިންގް ޕްރޮސީޖަރ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ކާމިޔާބީއާއެކު ކޮށްފިއެވެ. މިޕްރޮސީޖަރ ކޮށްފައިވަނީ ޖަނަވަރީ 19، 2020އެވެ.

އެމްބާމިންގްއަކީ މަރުވުމަށްފަހު، ބޭރަށް ފޮނުވުމަށް ހަށިގަނޑު ހަލާކުވެނުދާނެގޮތަށް ރައްކާތެރިކުރުމަށްކުރާ ޕްރޮސީޖަރއެކެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުގެ މޯޗަރީ ޙިދުމަތުގެ ދަށުން ރާއްޖޭގައި އަލަށް މިޙިދުމަތް ތަޢާރަފްކޮށްފައިވަނީ 2 ޖޫން 2019ގައެވެ.

އެ ހޮސްޕިޓަލުން މައުލޫމާތުދޭގޮތުގައި ޓްރީ ޓޮޕް ހޮސްޕިޓަލުގައި ބައިނަލްއަޤްވާމީ ޤަވާއިދުތަކާއި އެއްހަމައެއްގައި މިޙިދުމަތް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވަނީ ލައިސެންސް ލިބިލައްވާފައިވާ ޤާބިލް ބޭފުޅުންނެވެ. އަދި މިޙިދުމަތާއިއެކު ބައިނަލްއަޤްވާމީ ފެންވަރުގެ އެމްބާމްކުރެވިފައިވާކަމުގެ ސެޓްފިކެޓްއެއް އެމްބާމްކުރެވޭ ފަރާތަށް ދެވޭނެއެވެ. އެމްބާމިންގެ މިޙިދުމަތަކީ ރާއްޖޭގެ އަދި ދުނިޔޭގެ ގަވާއިދުތަކުގެ ދަށުން، ނިޔާވެފައިވާ ފަރާތުގެ ހަށިގަނޑަށް އިޙްތިރާމްކޮށް، ގެއްލުންނުވާނެހެން ނަގަންޖެހޭ އެންމެހާ ރައްކާތެރި ފިޔަވަޅުތަކާއެކު ދެވޭ ޙިދުމަތެކެވެ.

އެމްބާމިންގްއާއި ގުޅޭގޮތުން އިތުރު މައުލޫމާތު 3351610 ނުވަތަ 7350850އަށް ގުޅުއްވުމުން ލިބިލައްވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް