މާލޭގައި މިރޭ ގެއެއްގެ ފާރުން ބައެއް މަގުމައްޗަށް ވެއްޓި މީހަކަށް އަނިޔާވެ ސައިކަލަކަށް ގެއްލުންވެއްޖެއެވެ.
ފުލުހުން ބުނެފައިވަނީ ޗާންދަނީ މަގު ރެޑްބީ ފިހާރަ ކައިރީގައިހުރި ގެއެއްގެ ފާރުގެ ބައެއް މީހެއްގެ ގައިމައްޗަށް ވެއްޓިގެން އުޅޭކަމުގެ މައުލޫމާތު މިރޭ 07:00 ހާއިރު ލިބިފައިވާކަމަށެވެ.
"މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 19 އަހަރުގެ ފިރިހެނަކަށް، މި ހާދިސާގައި ފާރުން ވެއްޓުނު ބައި ގޮސް ޖެހުނީ އޭނާގެ އަތުގައި، މިހާ އަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާކަމަށް މައުލޫމާތު ލިބިފައިވޭ، މި ހާދިސާ ހިނގި ސަރަހައްދުގައި ހުރި ސައިކަލަކަށްވެސް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ވެފައިވޭ" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނީ މި ފާރަކީ ގެއެއްގެ ދެވަނަ ފަންގިފިލާގެ ބެލަކްނީގައި ރާނާފައިވާ ފާރުކޮޅެއް ކަމަށެވެ. ފުލުހުން މިހާރުވަނީ އެ ފާރުގެ ބާކީ އިންބައިވެސް ނަގާފައި ކަމުގައި ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް