ފީނަން ގޮސް އުޅުނު ފަތުރުވެރިއަކު މަރުވެއްޖެ

ސަފާރީއަކުން ފީނަން ގޮސް އުޅުނު ފަތުރުވެރިއަކު މިއަދު މަރުވެއްޖެއެވެ. މީޑީއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ ސަފާރީއަކުން ފީނަން ގޮސް އުޅުނު ފަތުރުވެރިއެއް މަރުވިކަމުގެ މައުލޫމާތު މިއަދު...

20 Jan 2019 | 14:28

ސަފާރީއަކުން ފީނަން ގޮސް އުޅުނު ފަތުރުވެރިއަކު މިއަދު މަރުވެއްޖެއެވެ.

މީޑީއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ ސަފާރީއަކުން ފީނަން ގޮސް އުޅުނު ފަތުރުވެރިއެއް މަރުވިކަމުގެ މައުލޫމާތު މިއަދު ހަވީރު 06:06 ހާއރު ފުލުހުންނަށް ލިބިފައިވާކަމަށެވެ.

"މަރުވެފައިވަނީ 40 އަހަރުގެ ރަޝިޔާ އަންހެނެއް" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ އޭނާ މަރުވީ ޑައިވިނަށް ގޮސް އުޅެނިކޮށް ކަމަށް މައުލޫމާތު ލިބިފައިވާކަމަށާއި އެމީހުން ޑައިވިނަށް ދިޔައީ މުށިމަސްމިގިލި ކައިރިއަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް