ހުޅުމާލޭގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ

ހުޅުމާލޭގައި މިއަދު ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނެފައިވަނީ ބިދޭސީއަކު މަރުވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެނެސްފައިވާކަމުގެ މައުލޫމާތު މިއަދު މެންދުރު 2...

20 Jan 2019 | 12:07

ހުޅުމާލޭގައި މިއަދު ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނެފައިވަނީ ބިދޭސީއަކު މަރުވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެނެސްފައިވާކަމުގެ މައުލޫމާތު މިއަދު މެންދުރު 2:00 ހާއިރު ލިބިފައިވާކަމަށެވެ.

"ބަންގްލަދޭޝް ފިރިހެނެއް، މި މީހާ ހޮސްޕިޓަލަށް ގެނެވުނު އިރުވެސް މަރުވެފައިވާކަމަށް މައުލޫމާތު ލިބިފައިވޭ" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ 35 އަހަރުގެ މި މީހާގެ ހަށިގަނޑުގެ ބޭރުފުޅުން އެއްވެސް އަނިޔާއެއް ފެންނާކަށް ނެތް ކަމަށާއި މި މީހާ އަކީ ހުޅުމާލޭގައި ބިދޭސީން އުޅެމުންދާ ތަނެއްގައި އުޅެމުންދިޔަ މީހެއް ކަމަށެވެ. މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމުގައިވެސް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް