ފާރުތައް އުސްކުރަނީ ސަލާމަތީ ކަންކަން ވަރުގަދަ ކުރަން: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ކުރާގޭގެ ވަށާ ފާރު އަށްފޫޓަށް އުސްކުރަނީ ސަލާމަތީ ކަންކަން ވަރުގަދަކުރަން ކަމުގައި ބުނެފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ހުޅަނގު ފަރާތު ފާރާއި، އަދި އިރުމަތީ ފަރާތު ފާރު އުސްކުރަ...

20 Jan 2019 | 08:32

ރައްޔިތުންގެ މަޖިލީހުގެ ކުރާގޭގެ ވަށާ ފާރު އަށްފޫޓަށް އުސްކުރަނީ ސަލާމަތީ ކަންކަން ވަރުގަދަކުރަން ކަމުގައި ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހުޅަނގު ފަރާތު ފާރާއި، އަދި އިރުމަތީ ފަރާތު ފާރު އުސްކުރަން ހަވާލުކޮށްފައިވަނީ، ސިފައިންގެ ވެލްފެޔަރ ކުންފުންޏާއި ކަމަށް، ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ފާތުމަތު ނިއުޝާ ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ވަށާފާރު އުސްކުރަނީ ސަލާމަތީ ކަންކަން އިތުރަށް ކަށަވަރު ކުރުމަށް ކަމަށްވެސް ނިއުޝާ ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ސިފައިންގެ ވެލްފެއާ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް މިގެންދަނީ ރައްޔިތުންގެ މަޖިލީހުގެ ވަށާ ފާރު އުސްކުރުމުގެ މަސައްކަތް" ނިއުޝާ ވިދާޅުވި އެވެ.

މަޖިލީހުގެ ފާރު އުސްކުރުމުގެ އިތުރުންވެސް، މަރާމާތު ނުކޮށް ގިނަ ދުވަސްވެގެން އާބާތުރަ ފިލުވަންޖެހޭ ބައެއް ތަންތަން އެނެއްކާވެސް މަރާމާތު ކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާ ކަމަށްވެސް ނިއުޝާ ވިދާޅުވިއެވެ.

މަޖިލީހުގެ ވަށާފާރު އަށެއް ފޫޓަށް އުސްކުރުމުން، މަޖިލީހުގެ ރަސްމީ ގޭޓް ހުންނަ ސަރަހައްދު ނުން އެހެން ފާރުތަކުން މަޖިލިސް ކުރާ ގެއެއް ނުފެންނާނެވެ. މީގެ ސަބަބުން މަޖިލިސް ކުރާ ގޭގެ ސަލާމަތީ ކަންކަން ވަރަށް ބޮޑަށް ކަށަވަރު ވެގެންދާނެ ކަމަށްވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް