ހުޅުމާލޭގައި މީހެއްގެ މޫނަށް މޫވް ސްޕްރޭ ޖެހުމަށްފަހު،ފިއުލް ސަޕްލައި މޯލްޑިވްސްގެ ފައިސާތަކެއް ފޭރިގެންފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ހުޅުމާލެ ފިއުލް ސަޕްލައި އިން އިސްލާމިކް ބޭންކަށް ޖަމާކުރުމަށް ގެންދިޔަ ގިނަ އަދަދެއްގެ ފައިސާ، އެ ފައިސާ ހިފައިގެން ދިޔަ މީހާގެ މޫނަށް ދެމީހަކު ގޮސް މޫވް ސްޕްރޭ ޖަހާ ފޭރިގެންފައިވާ މައްސަލަ ވަނީ ހުށަހަޅާފައި ކަމަށެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ އެއީ މިއަދު ހިނގި ކަމެއް ކަމަށާއި މި މައްސަލައިގާ އަދި މީހަކު ހައްޔަރުކޮށްފައިނުވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް