އިންޑިއާއިން ރާއްޖެއަށް އާ ސަފީރަކު ކަނޑައަޅައިފި

އިންޑިއާގެ ފަރާތުން ރާއްޖެއަށް އާ ސަފީރަކު ކަނޑައަޅާފައިވާ ކަމަށް އިންޑިއާއިން ބުނެފިއެވެ. އިންޑިއާގެ ނޫހެއް ކަމަށްވާ، ދަ ހިންދޫ ނޫހުގައި ބުނެފައިވާ ގޮތުގައި، އެގައުމުން އަލަށް ރާއްޖެ އަށް ކަނޑައެޅުއް...

20 Jan 2019 | 07:16

އިންޑިއާގެ ފަރާތުން ރާއްޖެއަށް އާ ސަފީރަކު ކަނޑައަޅާފައިވާ ކަމަށް އިންޑިއާއިން ބުނެފިއެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ، ދަ ހިންދޫ ނޫހުގައި ބުނެފައިވާ ގޮތުގައި، އެގައުމުން އަލަށް ރާއްޖެ އަށް ކަނޑައެޅުއްވި ސަފީރަކީ، ޕެޓްރޯލިއަމް މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ، އިންޓަނޭޝަނަލް ކޯޕަރޭޝަންސްގެ މަގާމުގައި ހުންނެވި ސަންޖޭ ސުދީރު ކަމަށެވެ. ސަންޖޭ ސުދީރު އަދި ރާއްޖެ ނާންނަ އިރު އަންނާނެ ދުވަހެއް އަދި ސާފެއް ނުވެއެވެ.

ހިންދޫ ނޫހުގައި އިތުރަށް ބުނެފައިވާ ގޮތުގައި، އިންޑިއާއިން ގައުމުތަކަށް ކަނޑައަޅާފައި ތިބި ސަފީރުންނާއި އަދި އެމްބަސަޑަރުން ބަދަލުކުރުމުގެ ސިޔާސަތެއް އިންޑިއާގެ ސަރުކާރުން ގެންގުޅުއްވާ ކަމަށެވެ. އަދި ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުރި ސަފީރުވެސް ބަދަލުއެކުރައްވަނީ މި މިސިޔާސަތުގެ ދަށުން ކަމަށެވެ.

މި ސިޔާސަތު ތަންފީޒު ކުރައްވަން އެންމެ ފުރަތަމަ ސަފީރުން ބަދަލުކުރައްވާ ގައުމުތަކުގެ ތެރޭގައި ދިވެހި ރާއްޖެ ހިމެނެއެވެ. ރާއްޖޭގެ އިތުރުން، ބޫޓާން، މެކްސިކޯ، އިޒްރާއީލް އަދި އާޖެންޓީނާ ވެސް ހިމެނެއެވެ.

އެގޮތުން ބޫޓާންގައި މިހާރު ހުންނަވާ އިންޑިއާ ސަފީރު ސައުތު އެފްރިކާ އަށް ބަދަލުވާއިރު، ސައުތު އެފްރިކާގައި ހުންނަވާ ސަފީރާ ބަދަލުވާނީ ބޫޓާނަށެވެ. މެކްސިކޯ އަށް ކަނޑައަޅާފައި ވަނީ ކުރިން އަފްގާނިސްތާނުގައި ހުންނެވި އިންޑިއާގެ އެމްބެސެޑަރު މަމްޕްރީތު ވޮހްރާ އެވެ. އިޒްރާއީލަށް އަލަށް ފޮނުވަނީ ބޮޑުވަޒީރު ނަރެންދްރާ މޯދީގެ ޕްރައިވެޓް ސެކްރެޓަރީގެ މަގާމުގައި ހުންނެވި ސަންޖީވް ސިންގްލާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް