ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ގަމު ދާއިރާއަށް ވާދަ ކުރަން ނިންމައިފައިވާ ކަމަށް ވިދާޅުވެއްޖެ އެވެ. މިކަން ހާމަ ކުރައްވާ މޫސާ ކުރެއްވީ ޓްވީޓެޓެކެވެ.
ެރީކޯ މޫސާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ޕާޓީގެ ކުރިމަގަށް އެތައް މަސައްކަތްތަކެއް ކޮށް ހަދައި، މީހާގެ ސިޔާސީ ކުރިމަގު ހަލާކުވެގެން ދަނީ ކަންކަމަށް ޕާޓީތަކުގެ ވެރިކައިރި އާދޭސްކުރަން ޖެހޭތީ ކަމަށެވެ.
މޫސާ ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ލ.ގަމުގެ ދާއިރާގެ ގޮނޑިއަށެވެ. މޫސާ އަމިއްލަ ގޮތަށް ވާދަކުރައްވަން ނިންމެވީ ޕީޕީއެމްގެ ފަރާތުން ޓިކެޓް ދެއްވި ބޭފުޅުންގެ ލިސްޓްގައި މޫސަ ނުހިމަނާތީއެވެ.
މެމްބަރު މޫސަ މީގެ 18 އަހަރު ކުރިން އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލީހަށް ހޮވިފައިވަނީވެސް ގަމު ދާއިރާއަށް ކުރިމަތިލައިގެންނެވެ. އޭގެ ފަހުން ވޭތުވެދިޔަ މުއްދަތުގައި މެދުކެނޑުމެއްނެތި ދިޔައީ ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރައްވަމުން ނެވެ. މިގޮތުން ވާދަވެރި ސިޔާސީ ޕާޓީތަކުގެ ހިޔާލުތަފާތުވުންތަކުގެ ތެރޭގައި ގެނެވުނު އާ ގާނޫނު އަސާސީ އެކުލަވާލުމުގެ މަސައްކަތުގައި މޫސަގެ ދައުރު ފާހަގަކޮށްލެވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް