ވިޝާމާގެ މަރުގެ މައްސަލައިގާ ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި

މި ހިނގާ ޖަނަވަރީ މަހުގެ 11 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި މަރުވި އައިޝަތު ވިޝާމާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފިއެވެ. މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނެފައިވަނި...

20 Jan 2019 | 05:12

މި ހިނގާ ޖަނަވަރީ މަހުގެ 11 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި މަރުވި އައިޝަތު ވިޝާމާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނެފައިވަނި ހުޅުމާލޭގައި ނިޔާވި އަންހެންކުއްޖާގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ފަރާތް ކޯޓުން ވަނީ ދޫކޮށްލާފައިކަމަށެވެ.

ކުއްލި މަރަކުން މަރުވި، ވިޝާމާގެ މަރާއި ބެހޭގޮތުން ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުގައި އޭނާ މަރުވީ ޕާޓީ ޑްރަގް ބޭނުން ކުރުމުގެ ސަބަބުން އޯވާޑޯޒް ވެގެންނެވެ. އެހެންނަމަވެސް އޭނާގެ އާއިލާ އިން ބައެއް މީޑިއާތަކުގައި ބުނެފައިވަނީ ވިޝާމާ މަރުވީ ފިޓް ޖެހިގެން ކަމަށެވެ.

މިމަހުގެ 12 ވަނަ ދުވަހުވެސް މާލެއިން ވަނީ ޒުވާން ފިރިހެނަކު މަރުވެފައި އޮއްވާ ފެނިފައެވެ. މ.ރަމާގްލްޝަން ގެއިން މަރުވެފައި އޮއްވާ ފެނުނީ 27 އަހަރުގެ ފިރިހެނެކެވެ. ފުލުހުން ބުނެފައިވާގޮތުގައި މި މައްސަލަތައް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް