ޑިންގީއެއްގައި ޖެހި މާކުރަތުގައި ޒުވާނަކު ނިޔާވެއްޖެ

ރ މާކުރަތުގައި، ފީނަން ގޮސް އުޅުނު ޒުވާނެއްގެ ގައިގައި ދުއްވާފައި ދިޔަ ޑިންގީއަކުން ޖެހި އެ ޒުވާނާ ނިޔާވެއްޖެ އެވެ. ހިތާމަވެރި މި ހާދިސާގައި ނިޔާވެފައިވަނި ރ މާކުރަތު، ނަލަހިޔާގޭ އުމުރުން 20 އަހަރުގެ ...

20 Jan 2018 | 06:53

ރ މާކުރަތުގައި، ފީނަން ގޮސް އުޅުނު ޒުވާނެއްގެ ގައިގައި ދުއްވާފައި ދިޔަ ޑިންގީއަކުން ޖެހި އެ ޒުވާނާ ނިޔާވެއްޖެ އެވެ.

ހިތާމަވެރި މި ހާދިސާގައި ނިޔާވެފައިވަނި ރ މާކުރަތު، ނަލަހިޔާގޭ އުމުރުން 20 އަހަރުގެ އަބްދުލްއަޒީޒް ހަސަން އެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ރ އަތޮޅު ރީޖަނަލް ހޮސްޕިޓަލުން ބުނެފައިވަނީ ޑިންގީން ޖެހި ފަރުވާދޭން އެ ޒުވާނާ ގެނައި އިރުވެސް އޮތީ ނިޔާވެފައި ކަމަށެވެ. ބޭރުފުށުން އެއްވެސް ޒަހަމެއް ފެންނަން ނެތް ކަމަށެވެ.

އެ ޒުވާނާ ޑިންގީގައި ޖެހުނު ނެރު ސަރަހައްދުގައި ފީނަމުން ދަނިކޮށެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މި ހާދިސާގައި ނިޔާވި އަޒީޒަކީ އާމްދަނީ ހޯދުމަށް އިހިނެގުމުގެ މަސައްކަތް ކުރާ ޒުވާނެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް