ޑިފެންސް މިނިސްޓަރު ހުންނެވި ކޯސްޓްގާޑު އުޅަނދަކުން ލަންކާ މަސްބޯޓެއް އަތުލައިގެންފި

ޑިފެންސް މިނިސްޓަރު ހުންނެވި ކޯސްޓްގާޑު އުޅަނދަކުން، ލަންކާގެ މަސްބޯޓެއް އަތުލައިގެންފި އެވެ. މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، ކެޕްޓަން އިބްރާހިމް އާޒިމް ވިދާ...

20 Jan 2018 | 05:32

ޑިފެންސް މިނިސްޓަރު ހުންނެވި ކޯސްޓްގާޑު އުޅަނދަކުން، ލަންކާގެ މަސްބޯޓެއް އަތުލައިގެންފި އެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ލަންކާގެ އެ މަސްބޯޓު ކޯސްޓްގާޑް ހުރަވީގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 07:35 ގައި ހއ ތުރާކުނުގެ އިރު އުތުރުން 42 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ.

ލަންކާގެ ދިދަ ނަގާފައި ހުރި އެ މަސްބޯޓުގައި ހަ މަސްވެރިއަކު ތިބި ކަމުގައިވެސް އާޒިމް ވިދާޅުވި އެވެ.

އާޒިމް އިތުރަށް ވިދާޅުވީ އެ މަސްބޯޓު ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެނައި ވަގުތު ޑިފެންސް މިނިސްޓަރުވެސް ހުރަވީގައި ހުންނެވި ކަމަށާއި އެއީ މިދިޔަ ބުރާސްފަތި ދުވަހު ކޯސްޓްގާޑް ހުރަވީގައި އުތުރަށް ކުރައްވާ ދަތުރުފުޅެއްގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް