ރިލީޒްކުރާ ދުވަސް ޕަދުމާވަތާ ފައްތަރުވާތީ ޕެޑްމޭން ރިލީޒްކުރުން ފަސްކޮށްފި

އަކްޝޭ ކުމާރު އެކްޓްކޮށްފައިވާ ޕެޑް މޭން، ރިލީޒް ކުރަން ހަމަޖައްސާފައި އޮތް ތާރީހަކީ މި މަހުގެ 25 ވަނަ ދުވަހެވެ. ނަމަވެސް ހަމަ އެދުވަހު، ސަންޖޭ ލީލާ ބަންސާލީގެ ޕަދުމާވަތު ރިލީޒް ކުރާތީ ޕެޑްމޭން ރިލީޒް...

20 Jan 2018 | 01:49

އަކްޝޭ ކުމާރު އެކްޓްކޮށްފައިވާ ޕެޑް މޭން، ރިލީޒް ކުރަން ހަމަޖައްސާފައި އޮތް ތާރީހަކީ މި މަހުގެ 25 ވަނަ ދުވަހެވެ. ނަމަވެސް ހަމަ އެދުވަހު، ސަންޖޭ ލީލާ ބަންސާލީގެ ޕަދުމާވަތު ރިލީޒް ކުރާތީ ޕެޑްމޭން ރިލީޒް ކުރާ ދުވަސް ފަސްކޮށްފި އެވެ.

މި ފިލްމު ފަސްކޮށްފައިވަނީ އަންނަ މަހުގެ ނުވަ ވަނަ ދުވަށެވެ. ހަމަ އެ ތާރީހުގައި ފިލްމު އައްޔާރީވެސް ރިލީޒްކުރާނެ ކަން ވަނީ އިއުލާނު ކޮށްފައި އެވެ.

ޕެޑްމޭން އަކީ އިންޑިއާގެ ސޯޝަލް އެކްޓިވިސްޓެއް ކަމުގައިވާ އަރޫނާޗަލަމް މުރުގަނަންތަމްގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. އާރު ބަލްކީ ޑައިރެކްޓްކުރާ މި ފިލްމުގައި އަކްޝޭއާއެކު ސޯނަމް ކަޕޫރާއި ރާދިކާ އާޕްތޭ ފެނިގެންދާނެ އެވެ.

މި ފިލްމަކީ މުރުގަނަންތަމްގެ ހަޔާތުގެ މައްޗަށް، އަކްޝޭގެ އަންހެނުން ޓްވިންކަލް ކަންނާ ލިޔެފައިވާ ފޮތެއްގެ މައްޗަށް ކުޅެފައިވާ ފިލްމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް