ކުދި ވިޔަފާރިތަކަށް ހާއްސަ އެޕްލިކޭޝަނެއް ވަޓްސް އެޕުން ތައާރަފް ކޮށްފި

ކަސްޓަމަރުންނާއި އޮންނަ ގުޅުން ރަނގަޅު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކުދި ވިޔަފާރިތަކަށް ހާއްސަ އެޕްލިކޭޝަނެއް ވަޓްސް އެޕުން ތައާރަފް ކޮށްފި އެވެ. ރާއްޖޭގައި އަދި މި އެޕް ޑައުންލޯޑް ...

20 Jan 2018 | 01:17

ކަސްޓަމަރުންނާއި އޮންނަ ގުޅުން ރަނގަޅު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކުދި ވިޔަފާރިތަކަށް ހާއްސަ އެޕްލިކޭޝަނެއް ވަޓްސް އެޕުން ތައާރަފް ކޮށްފި އެވެ.

ރާއްޖޭގައި އަދި މި އެޕް ޑައުންލޯޑް ނުކުރެވުނު ނަމަވެސް ދާދި އަވަހަށް ރާއްޖެއަށްވެސް މި އެޕް ދޫކޮށްލާނެ ކަމުގައި ބެވެ އެވެ.

ވަޓްސް އެޕް ބިޒްނަސް ނަމުގައި ތައާރަފްކުރި މި އެޕްލިކޭޝަންގެ މައިގަނޑު ފީޗަރސް ތަކުގެ ތެރޭގައި އެ ވިޔަފާރިއަކަށް ހާއްސަ ޕްރޮފައިލެއް ހެދުމުގެ ފުރުސަތު ހިމެނެ އެވެ. އޭގެ ތެރޭގައި ވިޔަފާރީގެ އީމެއިލް އެޑްރެސް އާއި ހިދުމަތްދޭ ގަޑިތަކާއި އިތުރު ބައެއް މައުލޫމާތުތައްވެސް ޕްރޮފައިލްގައި ހިމަނާލެވެ އެވެ.

ހިލޭ ޑައުންލޯޑް ކޮށްލެވޭ ގޮތަށް ދޫކޮށްލާފައިވާ މި އެޕްލިކޭޝަންގެ އައިފޯނު ވާސަން ލޯންޗު ކުރާނެ ވަކި ދުވަހެއް އެ ކުންފުނިން ހާމައެއް ނުކުރެ އެވެ. މި އެޕްލިކޭޝަން ޑައުންލޯޑް ކުރެވޭ ގައުމުތަކުގެ ތެރޭގައި އިންޑޮނޭސިއާ، އިޓަލީ، މެކްސިކޯ، އިނގިރޭސިވިލާތް އަދި އެމެރިކާ ހިމެނެ އެވެ. ކުރިއަށް އޮތް ދެތިން ހަފްތާއެއްގެ ތެރޭގައި އެހެން ގައުމުތަކަށް ދޫކޮށްލާނެ ކަމުގައި ބެލެވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް