މިދިޔަ އަހަރުގެ ޖުލައި މަހުގެ 17 ވަނަ ދުވަހު އެލްޖީ ކުންފުނިން، "ވޯލްޑް އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮގަނައިޒޭޝަން" ގައި ރަޖިސްޓްރީ ކޮށްފައިވާ ޕެޓެންޓެއް ފެންމަތިވުމާއެކު، ފަތް ޖަހާލުމުން ސްމާޓް ފޯނަކަށް އަދި ހުޅުވާލުމުން ޓެބްލެޓަކަށް ބަދަލުވާ ޑިވައިސް އެއް ދާދި އަވަހަށް އެލްޖީ ކުންފުނިން އުފައްދަފާނެ ކަމުގައި ބެލެވެން ފަށައިފި އެވެ.
މި މަހުގެ 12 ވަނަ ދުވަހު، ދެ ޕެޓެންޓެއް ޕަބްލިޝް ކޮށްފައިވާއިރު އެއް ޕެޓެންޓް އިން ފެންނަނީ ފަތް ޖަހާލުމުން ފަހަތުގައި ކެމެރާ އަދި ކުރިމަތީގައި ގަޑި ހިމެނޭ ޑިސްޕްލޭ އެކެވެ. އަދި ހުޅުވާލައިފި ނަމަ ޓެބްލެޓެއްގެ ގޮތުގައި ބޮޑު ޑިސްޕްލޭ އެކެވެ.
ދެވަނަ ޕެޓެންޓް ފަތް ޖަހާލުމުން އެއް ފަރާތަށް ސައިޒުގެ ގޮތުން ކުޑައެވެ. އެހެންކަމުން ދެވަނަ ޕެޓެންޓުގައި ގަޑި ފެންނަނީ ދެ ފަޅި ކުރެން ބޮޑު ފަޅިންނެވެ.
ޓެބްލެޓަކަށް ބަދަލުކޮށްލެވޭ ސްމާޓް ފޯނެއްގެ ޕެޓެންޓް އެލްޖީން ރަޖިސްޓްރީ ކޮށްފައިވާއިރު ހަމަ މިފަދަ ކޮންސެޕްޓެއްގެ ޕެޓެންޓެއް ސެމްސަންގް ކުންފުނިންވެސް ރަޖިސްޓްރީ ކޮށްފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް