ހާލުގައި ޖެހުނު ޑިންގީއަކަށް ސިފައިން އެހީތެރިކަން ފޯރުކޮށްދީފި

ހދ.މަކުނުދޫއިން ފުރައިގެން ރ.އަލިފުއްޓަށް ދަތުރުކުރި ޑިންގީއެއް، އިންޖީނު ހުއްޓިގެން އެކަން ރިޕޯޓް ކުރުމުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވެއްޖެއެވެ. އެމްއެންޑިއެފ...

20 Jan 2018 | 00:39

ހދ.މަކުނުދޫއިން ފުރައިގެން ރ.އަލިފުއްޓަށް ދަތުރުކުރި ޑިންގީއެއް، އިންޖީނު ހުއްޓިގެން އެކަން ރިޕޯޓް ކުރުމުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވެއްޖެއެވެ.

އެމްއެންޑިއެފުން ބުނި މި ހާދިސާގެ މަޢުލޫމާތު އިއްޔެ 17:06 ހާއިރު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއަށް ލިބުމާއެކު ކޯސްޓްގާޑްގެ ލޯންޗެއް، ހަރަކާތްތެރިވާން ފެށި ކަމަށެވެ.

"މި ހާދިސާގައި ޑިންގީގެ އިންޖީނު ހުއްޓިފައިވަނީ ށ.ކޮމަންޑޫ ފަރު ކައިރިން ދަތުރުކުރަނިކޮށް، ދިގުމިނުގައި 18 ފޫޓު ހުރި މި ޑިންގީގައި ހަތަރު މީހުން ތިބި އިރު ހުރިހާ އެންމެންގެ ހާލުވެސް ރަނގަޅު" އެމްއެންޑީއެފުން ބުނެފައި ވެ އެވެ.

އެމްއެންޑީއެފުން އިތުރަށް ބުނެފައިވަނީ މި ޑިންގީ ކޯސްޓްގާޑް ލޯންޗުގެ އެހީތެރިކަމާއެކު ހދ. މަކުނުދޫއަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް