އެމެރިކާގެ އަރިޒޯނާ ސްޓޭޓްގެ ޓަކްސަން ސިޓީގެ އުތުރު ބިތުގައި ހުންނަ ޝޮޕިން މޯލްއެއްގައި ގާއިމްކޮށްފައިހުރި، ބޭންކަކަށް ނިސްބަތްވާ ބްރާންޗަކަށް، ބަޑިއާއެކު މީހަކު ވަދެ އެތާނގައި އިން މީހާއަށް ބިރު ދައްކާ، ފައިސާ "ގޯންޏެއް" ހިފައިގެން ފައިމަގުގައި މީހަކު ނިކުމެގެން ދިޔަ ހަބަރު ވެގެންދިޔައީ އެމެރިކާގައި ގިނަ ބަޔަކަށް ހައިރާންކަން ގެނުވި ހަބަރަކަށެވެ. އަދި މި ހައިރާންކަން އިތުރުވެގެން ދިޔައީ އެ ވައްކަން ކުރީ އުމުރުން 80 އަހަރުގެ މީހެއްކަން ފުލުހުން ހާމަކުރުމުންނެވެ.
އުމުރުން 80 އަހަރުގެ ރޮބަޓް ފްރާންސިސް ކްރެބްސް ނަމަކަށް ކިޔާ މި ވަގު، ފުލުހުން ހައްޔަރު ކޮށްފައިވާއިރު ވައްކަމުގައި މިމީހާގެ ތާރީހު ފުލުހުން މިހާރު ވަނީ ހާމަކޮށްފައި އެވެ.
އެގޮތުން އޭނާ އަކީ 1966 ގައި ބޭންކެއްގައި މަސައްކަތް ވަޒީފާ އަދާކުރި މީހެއް ކަމަށާއި އޭނާ އެ ބޭންކުން ކަނޑާލީ 72 ހާސް ޑޮލަރު ވަގަށް ނެގުމުން ކަމުގައި ފުލުހުން ބުނެފައި ވެ އެވެ. އަދި އެ މައްސަލައިގާ 30 އަހަރު އޭނާ ޖަލުގައި ހޭދަކޮށްފައިވާއިރު 1981ގައި ބޭންކަކަށް ވަދެ ބޭންކެއްގެ މެނޭޖަރާއި އެ ބޭންކްގެ އިތުރު މުވައްޒަފަކު ބަނުމަށްފަހު ތިޖޫރިއަށް ލުމަށްފަހު ބޭންކް ފަޅާލައިގެން ފިލާފައިވާކަމަށް ފުލުހުން ބުނެފައި އެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ އެ މައްސަލައިގާ އޭނާ ޖަލަށް ލާފައި ހުރުމަށްފަހު މިނިވަން ކޮށްފައިވަނީ މީގެ މަހެއްހާ ދުވަސް ކުރިން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް