އިރާގުގެ އިންތިހާބު ބާއްވާނެ ދުވަހެއް ނުނިންމުނު

އިރާގުގެ އާންމު އިންތިހާބު ބާއްވާނެ ތާރީހެއް ނިންމުމަށްޓަކައި އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާއެއް އިއްޔެ ބާއްވާފައިވާއިރު ވަކި ތާރީހެއް ކަނޑަނޭޅި އިއްޔެގެ ޖަލްސާ ނިންމާލައިފި އެވެ. އެގައުމުގެ...

19 Jan 2018 | 23:46

އިރާގުގެ އާންމު އިންތިހާބު ބާއްވާނެ ތާރީހެއް ނިންމުމަށްޓަކައި އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާއެއް އިއްޔެ ބާއްވާފައިވާއިރު ވަކި ތާރީހެއް ކަނޑަނޭޅި އިއްޔެގެ ޖަލްސާ ނިންމާލައިފި އެވެ.

އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ޖުމްލަ 269 މެމްބަރުން ތިބޭއިރު އިއްޔެގެ ޖަލްސާގައި 200 މެމްބަރުން ބައިވެރިވެފައި ވެ އެވެ. އިއްޔެގެ ޖަލްސާގައި ވޯޓަށް އަހާފައިވަނީ ތާރީހެއް ނިންމުމަށްޓަކައި ސިއްރު ވޯޓެއް ބާއްވަން ފެނޭތޯ އެވެ. ސިއްރު ވޯޓެއް ނެގުމަށް 149 މެމްބަރަކު ވޯޓު ދީފައިވާއިރު އިރާގީ އެލަޔަންސްގެ މެމްބަރުން ވަނީ މިކަމަށް ދެކޮޅު ހަދާފައި އެވެ.

އިއްޔެގެ ޖަލްސާގައި، ސިއްރު ވޯޓެއް ނެގުމާއިމެދު ގޮތެއް ނިންމާފައިވީނަމަވެސް ސިއްރު ވޯޓެއް ނަގާފައެއް ނުވެ އެވެ. އިއްޔެގެ ޖަލްސާ ނިންމައިލީ އިތުރު ޖަލްސާއެއް މިއަދު ބޭއްވުމަށް ތާވަލް ކުރުމަށްފަހުގައި އެވެ. މިއަދުގެ ޖަލްސާގައި ވަކި ތާރީހެއް ކަނޑައެޅިގެންދާނެ ކަމުގައި ބެލެވޭއިރު އިންތިހާބު ބޭއްވުމަށް ކުރިން ނިންމާފައިވާ ތާރީހު ކަމުގައިވާ މެއި މަހުގެ 12 ވަނަ ދުވަހު އިންތިހާބު ކުރިއަށް ގެންދިއުމަށް އެމެރިކާއިން ވަނީ ބާރު އަޅާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް