މިސްރުގެ އާންމު އިންތިހާބު އަންނަ މާރިޗް މަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ވެރިކަމުގެ އިތުރު ދައުރަކަށް ކުރިމަތި ލައްވާނެ ކަމުގައި މިސްރުގެ މިހާރުގެ ރައީސް އަބްދުލް ފައްތާހް އަލް-ސީސީ އިއުލާނު ކުރައްވައިފި އެވެ.
ސިސީ މިކަން އިއުލާނު ކުރެއްވީ "ދަ ސްޓޯރީ އޮފް ދަ ނޭޝަން" މި ނަމުގައި ކުރިއަށް ގެންދިޔަ ކޮންފެރެންސެއްގައި އެވެ.
އެ ކޮންފަރެންސްގައި ސީސީ ވިދާޅުވީ ކުރިއަށް އޮތް އިންތިހާބަކީ ދެފުށް ފެންނަ މިނިވަން އިންތިހާބުތަކަށް މިސާލަކަށް ވެގެންދާނެ ކަމަށާއި ކާމިޔާބު ކުރެއްވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށެވެ.
ސީސީ ވެރިކަމަށް ވަޑައިގެންނެވީ މިސްރުގެ ކުރީގެ ރައީސް ކަމުގައި ހުންނެވި މުހައްމަދު މުރްސީގެ ވެރިކަން އަސްކަރީ އިންގިލާބަކުން ބަދަލުކޮށްލުމަށްފަހުގައި 2014 ވަނަ އަހަރުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް