ފެންފުށީ ސްކޫލްގެ ކްލާސްރޫމްތަކެއް ޢިމާރާތް ކުރަން ވެލް ޓްރޭޑިންއަށް

އދ. ފެންފުށީ ސްކޫލްގެ 4 ކްލާސްރޫމް ޢިމާރާތުގެ މަސައްކަތް ވެލް ޓްރޭޑިންގް ޕްރައިވެޓް ލިމިޓެޑާއި ހަވާލު ކޮށްފިއެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހާމަކުރާ ގޮތުގައި މިއީ 2021 ވަނަ އަހަރުގެ ޕީއެސްއައިޕީގ...

19 Dec 2021 | 18:24

އދ. ފެންފުށީ ސްކޫލްގެ 4 ކްލާސްރޫމް ޢިމާރާތުގެ މަސައްކަތް ވެލް ޓްރޭޑިންގް ޕްރައިވެޓް ލިމިޓެޑާއި ހަވާލު ކޮށްފިއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހާމަކުރާ ގޮތުގައި މިއީ 2021 ވަނަ އަހަރުގެ ޕީއެސްއައިޕީގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫޢެކެވެ.

މި އެއްބަސްވުުމުގައި ސޮއި ކުރުމަށްޓަަކައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ބޭއްވި ރަސްމިއްޔާތުގައި އެ މިނިސްޓްރީގެ ފަރާތުން މި އެގްރިމެންޓްގައި ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އަޙްމަދު ރިޔާޒް އެވެ.

ވެލް ޓްރޭޑިންގް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މި އެގްރިމެންޓްގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖަރ ހަސަން އިބްރާހިމް ދީދީ އެވެ.

މި އެއްބަސްވުމުގެ ދަށުން ފެންފުށީ ސްކޫލްގައި 4 ކްލާސް ރޫމް އިމާރާތުގެ މަސައްކަތް ކުރާނެއެވެ.

މިއީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ވެލް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑާއި އާއި ހަވާލުކޮށްގެން 140 ދުވަސް ތެރޭގައި ނިންމަން ކުރިއަށް ގެންދާ މަޝްރޫުއު އެކެވެ. މިއީ 4.6 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް