އެމްއައިޓީން މިއަހަރު ކުރިޔަށް ގެންދިޔަ ކޯސްތައް ނިންމި ދަރިވަރުންނަށް ސެޓްފިކެޓް ދީފި އެވެ.
ރޭ ގަލޮޅު މަދަރުސާގައި އޮތް ރަސްމިއްޔާތުގައި އެ ތަނުން ހިންތި ތަފާތު ތިން ކޯހެއް ނިންމި 180 ބައިވެރިންނަށް ސެޓްފިކެޓް ދިނެވެ. އޭގެ ތެރޭގައި ހިމެނެނީ ސްކިލްސް ފޯ އަ ރެޒިލިއެންޓް ވޯކްފޯސް ޕްރޮގްރާމް އަދި އެމްއައިޓީގެ ވޮކޭޝަނަލް އަދި އިންޖީނިއަރިންގް ޕްރޮގްރާމްތަކެވެ.
މީގެ ތެރޭގައި ހިމެނޭ "ސްކިލްސް ފޯ އަ ރިސިލިއަންޓް ވޯކް ފޯސް" އަކީ މިދިޔަ އަހަރުގެ ޖުލައި15ގައި އިފްތިތާހު ކުރި ޕްރޮގްރާމެކެވެ މިއީ މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަންގެ ފަރާތުން ވަޒީފާގެ ބާޒާރަށް ދިވެހި ޒުވާނުން ތަމްރީނުކުރުމުގެ މަޤްޞަދުގައި ހިންގަވަމުން ގެންދަވާ ވަރަށް ޚާއްސަ ޕްރޮގްރާމެކެވެ.
ސްކިލްސް ފޯ އަ ރެޒިލިއެންޓް ވޯކްފޯސް ޕްރޮގްރާމް ގެ ދަށުން އެމްއައިޓީން ކުރިޔަށް ގެންދިޔައީ ހަ ކޯހެކެވެ. މި ޕްރޮގްރާމް ގެ ދަށުން 88 ދަރިވަރުން ކޯސްތައް ނިންމައި ސެޓްފިކެޓް ހާސިލް ކުރި އިރު. މީގެ ތެރެއިން 21 ޕަސެންޓަކީ އަންހެނުންނެވެ.
ރޭގެ ޖަލްސާގައި ވަނީ ސްކިލްސް ފޯ އަ ރެޒިލިއެންޓް ވޯކްފޯސް ޕްރޮގްރާމް ގެ ދަށުން ހިންގުނު ޖުވެލަރީ ޕްރޮގްރާމް ގެ ދަރިވަރުން ތައްޔާރު ކުރި ބައެއް ޖުވެލަރީ ސާމަނު ދައްކާލާފަ އެވެ.
އެމްއައިޓީން މިއަހަރު ހިންގި އިތުރު ކޯސްތަކުގެ ތެރޭގައި170 އަށްވުރެ ގިނަ އަންހެން ބައިވެރިންނާއި އެކު ގޭގައި ބޭނުންކުރާ ކަރަންޓުގެ ތަފާތު އާލަތްތަކަށް އަންހެން ކަބަލުން ހޭލުންތެރިކޮއް އަމިއްލައަށް މިތަކެތި މަރާމާތުކުރަން ދަސްކޮއްދިނުމައްޓަކައި ފަސް ރަށެއްގައި ކޯސްތަކެއް ހިންގާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް