ހަ ސްކޫލަކަށް ޕްރިސިޕަލުން ހޯދަން އިއުލާން ކޮށްފި

ރާއްޖޭގެ 6 ސްކޫލަކަށް ޕްރިންސިޕަލުން ހޯދަން އިއުލާނު ކޮށްފިއެވެ. އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ވިދާޅުވީ ރާއްޖޭގެ 6 ސްކޫލަކަށް ޕްރިންސިޕަލުން ބޭނުންވާކަމުގައެވެ. . އެ މިނިސްޓްރ...

19 Dec 2021 | 15:28

ރާއްޖޭގެ 6 ސްކޫލަކަށް ޕްރިންސިޕަލުން ހޯދަން އިއުލާނު ކޮށްފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ވިދާޅުވީ ރާއްޖޭގެ 6 ސްކޫލަކަށް ޕްރިންސިޕަލުން ބޭނުންވާކަމުގައެވެ.

. އެ މިނިސްޓްރީން ޕްރިންސިޕަލުން ހޯދަން އިއުލާނު ކޮށްފައިވާ ސްކޫލްތަކަކީ، ހއ. ހދ. ހިރިމަރަދޫ ށ. ގޮއިދޫ ސްކޫލް، ރ. ވާދޫ ޖަމާލުއްދީން ސްކޫލް، މ. އަތޮޅު ތަޢުލީމީ މަރުކަޒު، ގއ. ކޮނޑޭ ސްކޫލް އަދި ނ. މަގޫދޫ ސްކޫލަށް ކަމަށެވެ.

ޕްރިންސިޕަލަށް މުސާރައިގެ ގޮތުގައި ކަނޑައަޅާފައި ވަނީ 15560 ރުފިޔާ އެވެ. އަދި ސާވިސް އެލަވަންސްގެ ގޮތުގައި 2500 ރުފިޔާގެ އިނާޔަތެއް ދޭނެ އެވެ.

މީގެ އިތުރުން، ސިވިލް ސާވިސްގެ މުވައްޒަފުންނަށް އޮންނަ އިތުރުގަޑީގެ ފައިސާ އާއި ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ލިބޭ ޕެންޝަން ކޮންޓްރިބިއުޝަނާއި ޓެނުއާޝިޕް އާއި ފޯން އެލަވަންސް އާއި ސިވިލް ސާވިސްގެ މުވައްޒަފުންނަށް އޮންނަ ބޭސްފަރުވާގެ ހިދުމަތްވެސް ލިބޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް