"އިންޑިއާ އައުޓް" ކެމްޕެއިނަކީ ޖަރީމާއެއް، ތާއީދެއް ނުކުރަން: އެމްއެންޕީ

އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ހިންގާ "އިންޑިއާ އައުޓް" ކެމްޕެއިނަކީ ބޮޑު ޖަރީމާއެއް ކަމަށް އެންމެ ފަހުން އުފެއްދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ބުނެފި އެވެ. އިންޑިއާ އައުޓް ކެމްޕ...

19 Dec 2021 | 11:25

އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ހިންގާ "އިންޑިއާ އައުޓް" ކެމްޕެއިނަކީ ބޮޑު ޖަރީމާއެއް ކަމަށް އެންމެ ފަހުން އުފެއްދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ބުނެފި އެވެ.

އިންޑިއާ އައުޓް ކެމްޕެއިނަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ ކުރަމުންދާ ކެމްޕެއިނެކެވެ. މި ކެމްޕެއިން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ވުމާއި އެކު ވަރުގަދަވެ ފުޅާވެފަ އެވެ.

މިއަދު އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެންޕީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވީ ބޭރުގެ އެއްވެސް އަސްކަރިއްޔާއަކުން ރާއްޖޭގައި ތިބުމަކީ އެމްއެންޕީން އެދޭ ކަމެއް ނޫން ކަމަށެވެ. އެކަމަކު ޕީޕީއެމްގެ ކެމްޕެއިނަކީ ވަކި މަގުސަދެއްގައި ކުރިޔަށްގެންދާ ކެމްޕެއިނެއް ކަމަށް ވިދާޅުވި އެވެ.

އެނާ ވިދާޅުވީ "އިންޑިއާ އައުޓް" ކެމްޕެއިނަކީ ކުރީގެ ރައީސް އަބްދުالله  ޔާމީންގެ ސަރުކާރުގައި ހިންގާފައި ހުރި ކަންކަން ފޮރުވަން ހިންގާ ޖަރީމާއެއް ކަމަށެވެ. ނާޒިމް ވިދާޅުވީ ކެމްޕެއިންގެ މަގުސަދު ސާފުވާތީ އެއީ ގައުމީ ކެމްޕެއިނެއް ކަމަށް ގަބޫލު ނުކުރާ ކަމަށާއި އާންމުން އެ ކެމްޕެއިންގައި ބައިވެރި ނުވުމަށްވެސް އެދިވަޑައިގެންނަނާ ކަމަށެވެ.

އިދިކޮޅުން ޑިމާންޑު ކުރަމުންދަނީ ރާއްޖޭގައި ތިބި އިންޑިއާގެ75 ސިފައިން ބޭރު ކުރުމަށެވެ. އެ ސިފައިންނަކީ އަސްކަރީ މަތިންދާ ބޯޓާއި ހެލިކޮޕްޓަރުގެ އެކި މަސައްކަތުގައި ރާއްޖޭގައި ތިބި މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް