އިންޑޮނީޝިއާގެ ސެމެރޫ އަލިފާން ފަރުބަދަ މިމަހު ދެ ވަނަ ފަހަރަށް ގޮވަން ފަށައިފި

އިންޑޮނީޝިއާގެ ޖާވާ ޕްރޮވިންސްގައި ހުންނަ ސެމެރޫ އަލިފާން ފަރުބަދަ އަނެއްކާވެސް ގޮވަން ފަށައިފި އެވެ. އާންމުކޮށް އަހަރަކު އެއް ފަހަރު ދުރާލާ އެނގިގެން ގޮވާމާ މިފަރުބަދަ އިންޒާރެއް ނުލިބި ކުއްލިއަކަށް ...

19 Dec 2021 | 10:41

އިންޑޮނީޝިއާގެ ޖާވާ ޕްރޮވިންސްގައި ހުންނަ ސެމެރޫ އަލިފާން ފަރުބަދަ އަނެއްކާވެސް ގޮވަން ފަށައިފި އެވެ.

އާންމުކޮށް އަހަރަކު އެއް ފަހަރު ދުރާލާ އެނގިގެން ގޮވާމާ މިފަރުބަދަ އިންޒާރެއް ނުލިބި ކުއްލިއަކަށް ފުރަތަމަ ގޮވީ މިމަހުގެ ހަތަރު ވަނަ ދުވަހު އެވެ. އެ ދުވަހު ފަރުބަދަ ގޮވައި 46 މީހުން މަރުވި އިރު 3،000 ގެ ހަލާކުވެފައިވެ އެވެ.

އަލިފާން ފަރުބަދަ މި މަހު ދެވަނަ ފަހަރަށް ގޮވަން ފެށީ މިއަދު ހެނދުނު އެވެ. ފަރުބަދަ ގޮވައި ދުމާއި އަޅީގެ އަސަރު ދެ ކިލޯމީޓަރުގެ ސަރަހައްދަށް ވަނީ ފެތުރިފަ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި މިއަދު ފަރުބަދަ ގޮވަން ފެށިއިރު ރައްޔިތުން ތިބީ ސަމާލުވެގެން ކަމަށެވެ. އެހެންވެ މިހާތަނަށް އެއްވެސް މީހަކަށް ގެއްލުންވިކަމެއް އަދި ނޭނގެ އެވެ.

ކަމާއި ބެހޭ ފަރާތްތަކުން ދަނީ އެ ސަރަހައްދު ދޫކޮށް އާންމުން ދިއުމަށް އިންޒާރު ދެމުން ކަމަށެވެ. އަދި ފަސް ކިލޯމީޓަރުގެ ސަރަހައްދަކަށް ވަނުން ވަނީ މަނާކޮށްފަ އެވެ. މިދިޔަ އަހަރުވެސް އެ ފަރުބަދަ ގޮވީ ޑިސެމްބަރު މަހުގެ ތެރޭގައި އެވެ.

އިންޑޮނީޝިއާގައި 142 އަލިފާން ފަރުބަދަ ހުރެ އެވެ. އޭގެ ތެރެއިން ސެމެރޫ އަލިފާން ފަރުބަދައަކީ އެންމެ ގިނައިން ގޮވާ ނުވަތަ އެންމެ ހަރަކާތްތެރި ފަރުބަދަ އެވެ.

އެ ގައުމަކީ އަލިފާން ފަރުބަދަތަކާއި އެންމެ ކައިރީގައި އާންމުން ދިރިއުޅޭ ގައުމުވެސް މެއެވެ. އިންޑޮނީޝިއާގައި 8.6 މިލިއަން މީހުން ދިރިއުޅެނީ އަލިފާން ފަރުބަދަކާއި އެންމެ 10 ކިލޯމީޓަރު ދުރުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް