އެސްޓީއޯގެ އަހަރީ ދުވަހު އަގުބޮޑު އިނާމުތަކަކާއެކު ޚާއްސަ ސޭލްއެއް

އެސްޓީއޯގެ އަހަރީ ދުވަހު އަގުބޮޑު އިނާމުތަކަކާއެކު ޚާއްސަ ސޭލްއެއް ބޭއްވުމަށް ނިންމައިފި އެވެ. މި ސޭލް އޮންނާނީ މި ހިނގާ ޑިސެމްބަރ މަހުގެ ވިހަ ވަނަ ދުވަހު އެެވެ. އެއީ އެސްޓިއޯގެ އަހަރީ ދުވަހެވެ. އެ ކު...

19 Dec 2021 | 10:08

އެސްޓީއޯގެ އަހަރީ ދުވަހު އަގުބޮޑު އިނާމުތަކަކާއެކު ޚާއްސަ ސޭލްއެއް ބޭއްވުމަށް ނިންމައިފި އެވެ.

މި ސޭލް އޮންނާނީ މި ހިނގާ ޑިސެމްބަރ މަހުގެ ވިހަ ވަނަ ދުވަހު އެެވެ. އެއީ އެސްޓިއޯގެ އަހަރީ ދުވަހެވެ.

އެ ކުންފުނީގެ 57 ވަނަ އަހަރީ ދުވަހާ ގުޅިގެން ބާއްވާ މި ސޭލް ބާއްވަނީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް، އެސްޓީއޯ ސުޕަރމާޓު އަދި އެސްޓީއޯ ރީޖަނަލް ފިހާރަތަކުގަ އެވެ.

މި ސޭލްގައި އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގައި އޭސީ ނޫން އެހެން ހުރިހާ މުދަލުން %15 އާއި ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. އަދި ސުޕަރމާޓު ފިހާރައިން %5 ޑިސްކައުންޓް ލިބޭ އިރު، އެސްޓީއޯ ރީޖަނަލް ފިހާރަތަކާއި ހޯމްއިމްޕްރޫވްމަންޓްގެ މުދަލުން %10 ޑިސްކައުންޓް ލިބޭނެ އެވެ.

"ހަމަ އެންމެ ދުވަހެއް" ގެ ނަމުގައި ކުރިއަށް ގެންދާ މި ސޭލްގައި ގްރޭންޑް ލަކީޑްރޯގެ ގޮތުގައި ނަސީބު ވެރި އެއް ފަރާތެއް ހޮވާ، އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން 20،000 ރުފިޔާގެ ވައުޗަރ އެއް ދޭނެ އެވެ. އަދި އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ވިޔަފާރިކުރާ ކޮންމެ 57 ވަނަ ކަސްޓަމަރަކަށް ބައްތިރީސް އިންޗި ޓީވީއެއް ލިބޭނެ އެވެ. ހަމަމިއާއެކު އެސްޓީއޯ ސުޕަރމާޓުގެ ކޮންމެ 57 ވަނަ ކަސްޓަމަރެއްގެ ބިލް މުޅިން ހިލޭ ވާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް