ސިންގަޕޯ އެއާލައިނުން ރާއްޖެއަށް ހަފްތާއަކު 10 ދަތުރު ކުރަން ފަށަނީ

ސިންގަޕޯ އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރު ކުރަން ނިންމައިފި އެވެ. އެ ކުންފުނިން ބުނީ ދަތުރުތައް އިތުރު ކުރާނީ އަންނަ މަހުގެދެ ވަނަ ދުވަހުން ފެށިގެން ކަމަށެވެ. މިހާރު ރާއްޖެއަށް ކުރަނީ ހަ...

19 Dec 2021 | 09:51

ސިންގަޕޯ އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރު ކުރަން ނިންމައިފި އެވެ.

އެ ކުންފުނިން ބުނީ ދަތުރުތައް އިތުރު ކުރާނީ އަންނަ މަހުގެދެ ވަނަ ދުވަހުން ފެށިގެން ކަމަށެވެ. މިހާރު ރާއްޖެއަށް ކުރަނީ ހަފްތާއަކު ހަތް ދަތުރެވެ.

އަންނަ މަހު ގެންނަ ބަދަލާއިރު ހަފްތާ އަކު ތިން ދަތުރު އިތުރަށް ކުރާނެ އެވެ. އެއާއެކު ޖުމްލަ10 ދަތުރު އެ އެއާލައިން ރާއްޖެއަށް ކުރާނެ ކަމަށް މައުލޫމާތުދެ އެވެ.

މި ބަދަލު ގެނަންނަ ނިންމާފައިވާއިރު ސިންގަޕޫރަކީ ދިވެހިން ޗުއްޓީ ހޭދަކުރަންދާ މަގުބޫލު މަންޒިލެކެވެ. އަދި މިހާޜު ދިވެހިންނަށް ކަރަންޓީން ނުވާގޮތަށް އެ ގައުމަށް ދެ ވެ އެވެ.

ކޯވިޑްގެ ހާލަތައް އަންނަމުންދާ ބަދަލާއި އެކު ރާއްޖެއަށް ދަތުރުތައް މަދު ކުރި އެއާލައިންތަކުން ދަނީ ދަތުރުތައް އިތުރު ކުރަމުންނެވެ. އަދި ދަތުރުތައް މެދުކަނޑާލި އެއާލައިންތަކުން ދަތުރުތައް ދަނީ ފަށަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް