މޯލްޑިވްސް ނޭޝަލް ޕާޓީ (އެމްއެންޕީ) އިން އިންތިޚާބެއްގައި ފުރަތަމަ ފަހަރަށް ވާދަކުރަން ނިންމާ، ޕްރައިމަރީއަށް ހުޅުވާލައިފި އެވެ.
މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ޕާޓީން ބުނީ އެޕާޓީން ބުނީ މިހާރު ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް އެޕާޓީން ވާދަކުރާނެ ކަމަށާެވެ. އަދި ޕްރައިމަރީގާ ވާދަކުރުމަށް ހުޅުވާލާފައިވާ ކަމަށވެެ.
"ކެންޑިޑޭޓަކު ހޮވާނީ ދާއިރާގެ މެންބަރުންގެ މެދުގައި އޮންނަ ޕްރައިމަރީއަކުން. ކެންޑިޑޭޓުންނަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 26 ވަނަ ދުވަހަށް ވަނީ ހުުޅުވާލާފަ." އެމްއެންޕީން ބުންޏެވެ.
ޕްރައިމަރީއަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާތާ ދެތިން ދުވަސް ތެރޭ ޕްރައިމަރީ ބާއްވާނެ ކަމަށް އެ ޕާޓީން ބުންނަމަވެސް ޕްރައިމަރީ ބާއްވާނެ ތާރީޚެއް ހާމައެއް ނުކުރެ އެވެ.
ކޮމަންޑޫ ދާއިރާގެ މަޖިލިސް ބައި-އިލެކްޝަންގައި އެމްޑީޕީން ވެސް ވާދަކުރުމަށް ވަނީ ނިންމާފަ އެވެ. އަދި ޕްރައިމަރީއަށް ވަނީހުޅުވާލާފަ އެވެ. އެ ޕާޓީގެ ޕްރައިމަރީ ބޭއްވުމަށް ނިންމާފައިވަނީ މިމަހު 27 ވަނަ ދުވަހު އެވެ.
ކޮމަންޑޫ ދާއިރާގެ މަޖިލިސް މެންބަރު ހުސެއިން ވަހީދު މިދިޔަ ހަފްތާގައި އަވަހާރަވުމާ ގުޅިގެން، އެ ދާއިރާގެ ގޮނޑި ވަނީ ހުސްވެފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ އެދާއިރާގެ ބައި އިލެކްޝަން އިއުލާންކޮށް، މަގާމަށް ކުރިމަތިލުމަށް މިދިޔަ ބުރާސްފަތި ދުވަހު ހުޅުވާލާފަ އެވެ. މި ދާއިރާގެ އިންތިޚާބަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މިމަހު 30 ވަނަ ދުވަސް ކަަަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އަދި އިންތިޚާބު އޮންނާނީ އަންނަ އަހަރު ފެބްރުއަރީ މަހު ފަސް ވަނަ ދުވަހު ކަމަށް ވެސް ބުނެއެވެ.
ކޮމަންޑޫ ބައި އިލެކްޝަންގައި ވާދަކުރުމާއިމެދު ޕީޕީއެމްއިން ވަކިގޮތެއް އަދިނުނިންމަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް