އިންޑިއާގެ ނުފޫޒު އޮތް ވަރުގެ ވާހަކަ ދައްކަން ޖެހެނީ ތިލަކޮށް ސީދާ، ސާދާކޮށް: ޝިޔާމް

ރާއްޖޭގައި އިންޑިއާގެ ނުފޫޒު އޮތްވަރުން މިހާރު އެ ވާހަކަ ދައްކަން ޖެހެނީ ތިލަކޮށް، ސީދާ ސާދާކޮށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ. އިދިކޮޅު ޕީޕީއެމް/ ޕީއެންސީން ދަނީ އިންޑި...

19 Dec 2021 | 09:10

ރާއްޖޭގައި އިންޑިއާގެ ނުފޫޒު އޮތްވަރުން މިހާރު އެ ވާހަކަ ދައްކަން ޖެހެނީ ތިލަކޮށް، ސީދާ ސާދާކޮށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕީޕީއެމް/ ޕީއެންސީން ދަނީ އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބުމާއި ދެކޮޅަށް ވަރުގަދަ ކެމްޕެއިނެއް ކުރަމުންނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ވުމާއި އެކު އެ ކެމްޕެއިން ފުޅާވެ، ވަރުގަދަވެފައިވާއިރު އަތޮޅު ތެރެއަށް އެމަނިކުވާނު ވަނީ ދަތުރުފުޅު ކުރަން ފައްޓަވާފަ އެވެ.

މި ކެމްޕެއިންގެ ތެރެއިން އެންމެ ހޫނުވެފައިވަނީ އަދި ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވީ ޔާމީން "އިންޑިއާ އައުޓް" ޖަހާފައިވާ ޓީޝާޓެއް ތުރު ކުރައްވައިގެން އަތޮޅުތެރެއށް ދަތުރު ކުރައްވާ އިންޑިއާ އާއި ދެކޮޅަށް ވާހަކަފުޅު ދެއްކެވުމެވެ. މިކަމާއި ގުޅިގެން ހާރިޖީ ގުޅުންތަކާއި ގުޅޭ ދާއިރާގައި މަސައްކަތް ކުރާ ބޭފުޅުން ވަނީ އެއީ ކަންބޮޑުވުން ހުރި ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި ޝިޔާމް ވިދާޅުވީ ބައެއް ގައުމުތައް ސުންނާފަތިވެ އަޅުވެތިވެގެން ދިޔަ އިރުވެސް ހާރިޖީ ދާއިތާގައި މަސައްކަތް ކުރައްވާ ބޭފުޅުން ތިއްބެވީ ޑިޕްލޮމެޓިކް ބަހުން ވާހަކަ ދައްކަވަން ކަމަށެވެ. ޝިޔާމް ވިދާޅުވީ މިއަދު ރާއްޖެއަށް އިންޑިއާގެނުފޫޒު އޮތް މިންވަރުން ވާހަކަ ދައްކަން ޖެހެނީ ތިލަކޮސް ސީދާ ސާދާކޮށް ކަމަށެވެ.

އޭނާ ވިދާޅުވީ ޔާމީންގެ ވިސްނުން ފުޅަކީ ވަތަނީ ވިސްނުން ފުޅެއް ކަމށެވެ.

އިދިކޮޅުން ޑިމާންޑު ކުރަނީ ރާއްޖޭގައި ތިބި އިންޑިއާގެ75 ސިފައިން ބޭރު ކުރުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް