ރައްޔިތުންގެ މަޖިލީހުގައި ޝެއިޚް ހަސީނާ ތަގުރީރު ކުރައްވަނީ

ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރެއްވުމާ މެދު ގޮތެއް ނިންމަން އެޖެންޑާ ކޮށްފިއެވެ. ހަސީނާ ރާއްޖެ ވަޑައިގަންނަވަނ...

19 Dec 2021 | 08:18

ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރެއްވުމާ މެދު ގޮތެއް ނިންމަން އެޖެންޑާ ކޮށްފިއެވެ. ހަސީނާ ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ އަންނަ އަންގާރަ ދުވަހުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި މާދަމާ ބާއްވާ ޚާއްސަ ޖަލްސާގެ އެޖެންޑާގައިވާ ގޮތުން، ޝެއިޚް ހަސީނާ މަޖިލީހުގައި ތަގުރީރު ކުރައްވަން ފުރަސަތު ދިނުމާ މެދު ގޮތެއް ނިންމަން ވޯޓަށް އަހާނެއެވެ.

އެގޮތުން ދެ ދުވަހުގެ މުއްދަތަކަށް ކުރައްވާ މި ރަސްމީ ދަތުރުފުޅުގައި ރާއްޖޭގައި ގަވާއިދާ ޚިލާފަށް ތިބި ބަންގްލަދޭޝް މީހުންގެ މައްސަލައަށް ހައްލެއް ގެނައުމާ މެދު ދިވެހި ސަރުކާރާ އެކު މަޝްވަރާތަކެއް  ކުރިއަށް ގެންދަން ނިންމާފައިވެއެވެ

މަޖިލީހުގެ ޖަލްސާއެއްގައި ހަސީނާ ތަގުރީރު ކުރައްވަން ހަމަޖެހިފައިވާއިރު، މިހާތަނަށް މަޖިލީހުގައި ތަގުރީރު ކުރައްވާފައި ވަނީ އިންޑިއާގެ ބޮޑުވަޒީރުގެ މަގާމު ފުރުއްވި ދެ ބޭފުޅެކެވެ.

އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، އިންޑިއާގެ އޭރުގެ ބޮޑު ވަޒީރު މަންމޯހަން ސިންގްއެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި މިހާރުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް