އެއްގައުމުގެ ސިފައިން އަނެއް ގައުމުގައި ތިބުމަކީ ޒަމާނީ ކަމެއް: ސަލީމް

އިންޑިއާގައި ގަވައިދުގެ ތެރެއިން ދިވެހި ގިނަ ސިފައިންތަކެއް އެބަތިބި ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެ އެވެ. ސައްލެ މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގައި ގާއިމްވެ...

19 Dec 2021 | 07:40

އިންޑިއާގައި ގަވައިދުގެ ތެރެއިން ދިވެހި ގިނަ ސިފައިންތަކެއް އެބަތިބި ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެ އެވެ.

ސައްލެ މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ވަރުގަދަ މުޒާހަރާތަކެއް ކުރަމުންދާ ދަނޑިވަޅެއްގައި އެވެ. އިދިކޮޅުން ވަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބީ މި ގައުމު ހިފަން ކަމަށް ސިފަކޮށް ވާހަކަ ދައްކާފަ އެވެ.

ސަލީމް ކުރެއްވި ޓުވީޓެއްގައި ވަނީ އިންޑިއާގައި ތިބި ދިވެހި ސިފައިންގެ ސަބަބުން އެ ގައުމުގެ އިސްތިގްލާލަށް އެއްވެސް އުނިކަމެއް އަންނާނެތޯ ސުވާލު ކުރައްވާފަ އެވެ. އަދި އަސްކަރީ ގުޅުމުގެ ތެރެއިން އެއް ގައުމެއްގެ ސިފައިން އަނެއް ގައުމެއްގައި ތިބުމަކީ މި ޒަމާނުގައި އާންމު ކަމެއް ނޫންތޯވެސް ސަލީމް ސުވާލު ކުރައްވާފައިވެ އެވެ.

ސަލީމް ވިދާޅުވި ދިވެހި ސިފައިން އެ ގައުމުގައި ތިބީ އެކި ތަމްރީންތަކާއި މަތީ ތައުލީމް ހާސިލް ކުރާށެވެ. އޭގެ ތެރެއިން ގިނަ ސިފައިންނަކީ ސްކޮލާޝިޕްތަކުގައި ގޮސް ތިބި މީހުންނެވެ.

https://twitter.com/SalleHoarafushi/status/1472268027450195968

އެމްއެންޑީއެފުން ބުނީ ރާއްޖޭގައި ބޭނުން ކުރާ އަސްކަރީ މަތިންދާ ބޯޓާއި ހެލިކޮޕްޓަރާއި ގުޅުން ހުރި ކަންކަމުގައި އިންޑިއާގެ75 ސިފައިން ރާއްޖޭގައި ގާއިމްވެ އެބަތިބި ކަމަށެވެ. އެކަމަކު އެމީހުންގެ މުސާރަކާއި އެކުމާއި ހުރިހާ ހަރަދެއް ބަަލަހައްޓަނީ އިންޑިއާ އަސްކަރިއްޔާއިން ކަމަށް ބުނެ އެވެ.

އިދިކޮޅުން ޑިމާންޑު ކުރަނީ އެމީހުން ބާލައި ދިވެހި ސިފައިން އެ މަސައްކަތްތައް ކުރުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް