ރާއްޖޭގެ ހަނީމޫން ދަތުރުގެ ފޮޓޯތައް ކެޓްރީނާ އެންމެންނަށް ދައްކަން ފަށައިފި!

މިމަހު ނުވަ ވަނަ ދުވަހު ކައިވެނި ކުރި ބޮލީވުޑް ތަރިން ކަމަށްވާ ވިކީ ކައުޝަލް އާއި ކެޓްރީނާ ކެއިފްގެ ހަނީމޫން ދަތުރުގެ ފޮޓޯތައް އާންމުންނަށް ދައްކާލަން ފަށައިފި އެވެ. ރަސްމީކޮށް ކައިވެނި ކުރާކަން ހާމަ ...

19 Dec 2021 | 06:46

މިމަހު ނުވަ ވަނަ ދުވަހު ކައިވެނި ކުރި ބޮލީވުޑް ތަރިން ކަމަށްވާ ވިކީ ކައުޝަލް އާއި ކެޓްރީނާ ކެއިފްގެ ހަނީމޫން ދަތުރުގެ ފޮޓޯތައް އާންމުންނަށް ދައްކާލަން ފަށައިފި އެވެ.

ރަސްމީކޮށް ކައިވެނި ކުރާކަން ހާމަ ނުކޮށް ތިބުމަށް ފަހު ކައިވެނި ކުރިކަން ދެމީހުން އިންސްޓަގްރާމް މެދުވެރިކޮށް ހާމަކުރީ ކައިވެނީގެ ފޮޓޯތަކާއި އެކު އެވެ. އެކަމަކު އެމީހުން ކައިވެނި ކުރާކަން އޭގެ ކުރިންވެސް އެނގެ އެވެ.

އެކަމަކު އިންޑިއާގެ ނޫސްތަކަށް ޔަގީން ނުވީ ދެމަފިރިން ހަނީމޫނަށް ދިޔަ ގައުމެވެ. ހަނީމޫންގައި ހަފްތާއެއް ރާއްޖޭގައި ހޭދަ ކުރުމަށް ފަހު ވިކީ އާއި ކެޓްރީނާ އެނބުރި އިންޑިއާގެ މުމްބާއީއަށް ދިޔައީ މީގެ ހަތަރު ވަރަކަށް ދުވަސް ކުރިންނެވެ.

އަދިވެސް އިންޑިއާ ނޫސްތަކަށް އެމީހުން ޗުއްޓީ ހޭދަ ކުރީ ރާއްޖޭގެ ނ. އަތޮޅުގެ ރިސޯޓެއްގައިކަން ޔަގީނެއް ނުކުރެވެ އެވެ. ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުގައި އަމިއްލަ ޖެޓެއްގައި ދެމީހުން ހަނީމޫނަށް ދިޔަ ކަމަށް ބެލެވެނީ ރާއްޖެއަށް ކަމަށެވެ.

އެ ބަހުސް ކުރިޔަށް ދަނިކޮށް ކެޓްރީނާ ވަނީ ހަނީމޫން ދަތުރުގައި ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާ ކޮށްފަ އެވެ. ފޮޓޯގައި ފެންނަނީ ރާޅު ގޮނޑުދޮށަށް ބީއްސާލާ ވަގުތު މެހެންދީ އަޅާފައިވާ ކެޓްރީނާގެ ދެ އަތް ދައްކާލާފަ އިންނަތަނެވެ.

https://www.instagram.com/p/CXoZyEOvFGJ/

ކައިވެންޏަށް ފަހު ކެޓްރީނާ އާއި ވިކީ ވަނީ އެމީހުންގެ ކައިވެނީގެ އެކި ރަސްމިއްޔާތުތަކުގެ ފޮޓޯތައް އިންސްޓަގްރާމްގައި ހިއްސާކޮށް ގިނަ ބައެއްގެ ސަމާލުކަން ހޯދާފަ އެވެ. އެހެން ކަމުން ހަނީމޫންގެ އިތުރު ފޮޓޯތައް އަދި ކުރިޔަށް އޮތް ދުވަސްތަކުގައި ވިކީ އާއި ކެޓްރީނާ އާންމުންނަށް ދައްކާލާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް