އައްޑު ސިޓީގެ މިސްކިތަކަށް ބޮޑުކަމު ދިޔަ މީހާ ދޫކޮށްލައިފި

އައްޑޫގެ މިސްކިތަކަށް ބޮޑުކަމު ދިޔަ މީހާ ދޫކޮށްލައިފި އެވެ. އޭނާ ދޫކޮށްލާފައިވަނީ ޖަލުގައި ބަހައްޓައިފިނަމަ އޭނާގެ ހާލަތު ގޯސްވާނެ ކަމަށް ބުނެ އެވެ. ފުލުހުން ބުނީ މިސްކިތަށް ބޮޑުކަމު ދިޔަ މީހާގެ ހާލަތ...

19 Dec 2021 | 06:12

އައްޑޫގެ މިސްކިތަކަށް ބޮޑުކަމު ދިޔަ މީހާ ދޫކޮށްލައިފި އެވެ.

އޭނާ ދޫކޮށްލާފައިވަނީ ޖަލުގައި ބަހައްޓައިފިނަމަ އޭނާގެ ހާލަތު ގޯސްވާނެ ކަމަށް ބުނެ އެވެ.

ފުލުހުން ބުނީ މިސްކިތަށް ބޮޑުކަމު ދިޔަ މީހާގެ ހާލަތު ދެނެގަތުމަށް ޑޮކްޓަރަށް ދައްކާފައިވާ ކަމަށެވެ. އަދި އޭނާ ޖަލުގައި ބަހައްޓައިފިނަމަ ހާލަތު ގޯސްވާނެ ކަމަށް ފެންނަކަމަށް ބުނެފައިވާ ކަމަށެވެ.

އެހެންވެ، އޭނާ އާއިލާއާއި ހަވާލުކޮށްފައިވާކަމަށް ވެސް ފުލުހުން ބުނެއެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރުކުރީ 47 އަހަރުގެ ފިރިހެނެކެވެ.

އޭނާ ބޮޑުކަމުގޮސްފައިވަނީ އައްޑު ސިޓީގެ މަސްޖިދުލް އަމާން މިސްކިތަށެވެ.

މީގެ އިތުރުން އެސިޓީގެ “މަސްޖިދުލް ނަސްރީ” އަށް ބަޔަކު ވަދެ ޚަތިމްތައް ވެސް ވަނީ ބިންމައްޗަށް ވައްޓާލާފަ އެވެ.

ދާދި ފަހުން މާލޭގެ މިސްކިތްތަކަށް ކުޑަކަމުގޮސް އަދި އިބްރާހީމް މިސްކިތުގައި ބާއްވާފައި އޮތް ޚަތިމަކަށް ކުޅު ޖެހި މައްސަލައެއް ވެސް ފެންމަތިވެފައިވާއިރު، ގިނަ ބަޔަކު ވަނީ މިފަދަ އަމަލުތައް ކުރާ ފަރާތްތަކަށް ހަރުކަށި އަދަބު ދިނުމަށް ގޮވާލާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް