ޑުރަގު ކެފޭތަކެއްގެ ގޮތުގައި މާލޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ތަންތަން ބަލާ ފާސްކުރުމަށް ފުލުހުން މިހާރު ކުރިއަށްގެންދާ އޮޕަރޭޝަނުގައި މިރޭ ބަލާ ފާސްކުރި މ. ލޮނުމިދިލިގެއިން ފައިސާއާއި މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފިއެވެ.
އެގޮތުން ދިވެހި 38715 ރުފިޔާ އާއި 142 ޑޮލަރާއި ޗައިނީޒް 15 ޔުއާން އާއި ސިންގަޕޫރު 10 ޑޮލަރާއި ތައި 40 ބާތާއި ސައުދީ އެއް ރިޔާލާއި ކުވައިތީ އެއް ދީނާރާއި ދިވެހި ކުރީގެ ފަސް ރުފިޔާ ހޯދާފައިވާކަމަށާއި 18 އަހަރުން ދަށުގެ ފިރިހެން ހަތަރު ކުދިންނާއި ދިވެހި ދެ ފިރިހެނުންނާއި ދިވެހި އަންހެނަކާއި ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.
"އެފައިސާތައް ފެނިފައިވަނީ 19 އަހަރު ނުފުރޭ ކުދިން ދިރިއުޅޭ ކޮޓަރިތެރެއިން، އެތަނުން އެއް ކުއްޖެއްގެ ވޮލެޓު ތެރެއިން" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ އެ ގެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު 20 ޕެކެޓު ފެނިފައިވާކަމަށެވެ.
މި އޮޕަރޭޝަނުގައި ފަސް ގެއެއް ބަލާ ފާސްކޮށް 29 މީހަކު ކުރިން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް