ސާބިތުކޮށްދެނީ ފުލުހުންގެ ހިދުމަތް ކުރިއަރަމުންދާ މިންވަރު: ހޯމް މިނިސްޓަރު

ރަހުމްކުޑަގޮތަކަށް މަރާލާފައިވާ ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ މަރުގެ މައްސަލައިގާ މީހަކު ހައްޔަރުކުރުމުން ސާބިތުކޮށްދެނީ ދިވެހި ފުލުހުންގެ ހިދުމަތް ކުރިއަރަމުންދާ މިންވަރު ކަމުގައި ހޯމް މިނިސްޓަރު...

19 Dec 2019 | 17:44

ރަހުމްކުޑަގޮތަކަށް މަރާލާފައިވާ ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ މަރުގެ މައްސަލައިގާ މީހަކު ހައްޔަރުކުރުމުން ސާބިތުކޮށްދެނީ ދިވެހި ފުލުހުންގެ ހިދުމަތް ކުރިއަރަމުންދާ މިންވަރު ކަމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ ގާސިމްގެ މަރުގެމައްސަލައިގާ މީހަކު ހައްޔަރުކޮށްފައިވާކަން ހާމަކޮށް މިރޭ ކޮމިޝަނަރ އޮފް ޕޮލިސް ކުރެއްވި ޓްވީޓް ރީޓްވީޓް ކުރައްވައި ހޯމް މިނިސްޓަރު ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި އިމްރާން ވިދާޅުވީ މި އޮޕަރޭޝަނުން ސާބިތުކޮށްދެނީ ދިވެހި ފުލުހުންގެ ހިދުމަތް ކުރިއަރަމުންދާ މިންވަރު، ވަކިން ހާއްސަކޮށް ފޮރެންސިކް އިންވެސްޓިގޭޝަން ދާއިރާގައި ފުލުހުންގެ ގާބިލުކަން ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އާއިލާއަށް އިންސާފު ހޯދޭނެ" މިނިސްޓަރުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

މިރޭ ޕޮލިސް ކޮމިޝަނަރު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ގާސިމްގެ މަރުގެ މައްސަލައިގާ މިރޭ މީހަކު ހައްޔަރުކޮށްފައިވާކަމަށާއި މި ތަހުގީގުގައި ފުލުހުން ކޮށްފައިވަނީ ތައުރީފު ހައްގު މަސައްކަތެއް ކަމަށެވެ. އަދި އިތުރު މައުލޫމާތު މާދަމާ ހާމަކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް