ޖަޕާނުން ރާއްޖެއަށް 70 މިލިއަން ރުފިޔާގެ ތަކެތި ހަދިޔާކޮށްފި

ޖަޕާނުން ރާއްޖެއަށް 70 މިލިއަން ރުފިޔާގެ (4 މިލިއަން ޑޮލަރ) ތަކެތި ހަދިޔާކޮށްފިއެވެ. ފޮރިން މިނިސްޓްރީގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތެއްގައި އެތަކެތި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ހަވާލުކޮށް...

19 Dec 2019 | 11:19

ޖަޕާނުން ރާއްޖެއަށް 70 މިލިއަން ރުފިޔާގެ (4 މިލިއަން ޑޮލަރ) ތަކެތި ހަދިޔާކޮށްފިއެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތެއްގައި އެތަކެތި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީއެވެ.

ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު ސޮއެކުރެވުނު އެކްސްޗޭންޖް އޮފް ނޯޓްސްގެ ދަށުން ރާއްޖޭގެ އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީއަށް 500 މިލިއަން ޖަޕަނީޒް ޔެންގެ ހިލޭ އެހީ ޖަޕާނުން ރާއްޖެއަށް ފޯރުކޮށް ދިނުމަށް ވަނީ ނިންމާފައެވެ. އެއީ ހަތަރު މިލިއަން ޑޮލަރެވެ.

ޖަޕާނުން ދެއްވި އެހީތަކުގެތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތް ކުރުމަށް ބޭނުންވާ ވަސީލަތްތަކާއި ރާއްޖޭގެ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ގާބިލްކަން އިތުރުކުރުމަށް ބޭނުންވާ ބައެއް ވަސީލަތްތަކެވެ.

މިއީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް މިދިޔަ އޮކްޓޯބަރު މަހު ޖަޕާނަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު، ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާއި ދެމެދު ސޮއިކުރެވުނު އެކްސްޗޭންޖް އޮފް ނޯޓްސްގެ ދަށުން ރާއްޖެއަށް ޖަޕާނުން ހަދިޔާކުރި ތަކެއްޗެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް